ads
ނޫސްވެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ އެމްއެމްސީ
މީޑިއާ ކައުންސިލުން ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމެއް ފަށައިފި
ސްކޫލް ދަރިވަރުން ނީސްވެރިކަމަށް އަހުލުވެރިކުރުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްއަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ސުކޫލްތަކުގެ މީޑިއާ ކުލަބްތަކާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މީޑިއާ ކައުންސިލުހން ބުނީ ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް ނޫސްވެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ދަރިވަރުންގެ މެދުގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ކުދިން މި ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ކުދިންނަށް މި ދާއިރާ އިން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމެވެ. މީގެ އިތުރުން ޕްރޮގްރާމްގެ ބައިވެރިން ރާއްޖޭގެ ބޮޑެތި ނިއުސްރޫމްތަކާއި ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކަށް ގޮސް މަސައްކަތް ކުރާ ގޮތް ބަލާލައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ނިންމާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްކަންދަރުކޮށީގެ، ޓްރެއިނިންގ ހޯލްގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ސެޝަންތައް ނަގައި ދެއްވީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް