ads
މާފުށީ ޖަލު---
ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ނެތް!
މާފުށީ ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ނުދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެފިއެވެ.

މާފުށީ ޖަލުގެ ހައި ސެކިއުރިޓީ ސެލް، ޔުނިޓް 11 ގައި، ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާކަމަށް ބައެއް މީޑިއާ ތަކުގައިވަނީ ރިޕޯޓްކޮށްފައެވެ.

ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނީ މާފުށީ ޖަލުގައި އެފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"އެއްވެސް ގައިދީއަކު ނުކައިހުރިކަމަށް މައުލޫމާތު ލިބިފައެއް ނުވޭ، ޔުނިޓް 11 ގައި ކަންބޮޑުވުންތަކެއް ހުރުމުން އެކަންކަމަށް އެޑްރެސްކުރަމުން މިދަނީ" ކަރެކްޝަންގެ މީޑިއާ އޮފިސަރ ވިދާޅުވިއެވެ.

މާފުށީ ޖަލުގެ ޔުނިޓް 11 އަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ މީހުންކަމަށް ލޭބަލްކޮށްފައިވާ މީހުން ބަންދުކޮށްފައިތިބި، ޔުނިޓެވެ. 

މާފުށީ ޖަލުގައި ހަރުކަށި މީހުންގެ ފަރާތުން ނުރައްކާތަށް ކުރިމަތިވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިމަހުގެ 15 ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް