ads
އެފްއެސްއެމުން ވަނީ މުލަކުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ މަރުކަޒެއް ތަރައްގީ ކުރުމާ ގުޅޭގޮތުން އެ ރަށު ކައުންސިލާ ބައްދަލުކޮށް މަޝްވަރާކޮށްފައި - ފޮޓޯ:އެފްއެސްއެމް
މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ މަރުކަޒެއް މުލަކުގައި ތަރައްގީ ކުރަނީ
މ. މުލަކުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ މަރުކަޒެއް ތަރައްގީ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސްވެރިންނަށް ފަސޭހައިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

މުލަކުގައި ތެޔޮ ފޯރުކޮށްދޭ މަރުކަޒެއް ތަރައްގީ ކުރުމާ ގުޅޭގޮތުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އާއެކު އެ ކުންފުނީގެ ޓީމަކުން ވަނީ އެ ރަށުގެ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

މިފްކޯ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އެފްއެސްއެމުން ދަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް ދެމުންނެވެ.

އެފްއެސްއެމަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ ފޯރުކޮށްދެމުންގެންދާ ކުންފުންޏެވެ. އެ ކުންފުނިން އަންނަނީ މީހުން ދިރިއުޅޭ 97 އިންސައްތަ ރަށަށް ތެޔޮ ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް