ads
ހަށި ވިއްކުމުގެ ތުހުމަތުގައި މީގެ ކުރިން ބިއުޓީޕާލާ އަކުން ހައްޔަރުކޮށްފައިވާ ބައެއް———
ހަށިވިއްކުން ހުއްޓުވުމަށް ސްޕާތަކަށް ހަރުކަށި ގަވާއިދެއް!
ރާއްޖޭގައި ހިންގާ ބައެއް ސްޕާ ސެލޫންތަކުގައި ފާޅުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، "ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު"ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ހަރުކަށި ގަވާއިދެއް މިއަދު ގެޒެޓްކޮށްފި އެވެ.

ސްޕާ ވިޔަފާރިތައް ކަމަށް ކަނޑައެޅޭ ވިޔަފާރިތަކާއި ސްޕާތަން ހުންނަން ޖެހޭގޮތާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓަންޖެހޭ އިންތިޒާމުތަކުގެ އިތުރުން ހިދުމަތް ދިނުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައްވެސް މި ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

މީގެއިތުރުން ގަވާއިދާ ހިލާފަށް ސްޕާތައް އޮޕަރޭޓްކުރާނަމަ އަޅާނެ ހަރުކަށި ފިޔަވަޅުތައްވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ގަވާއިދުގައި ބުނެފައިވާގޮތުން މިހާރު ރާއްޖޭގައި ހިންގަމުން ގެންދާ ސްޕާ ސެލޫންތައްވެސް މިގަވާއިދަށް ފައްތާ 90 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.

ރާއްޖޭގައި މިހާރު ހިންގާ ބައެއް ސްޕާތައް ހަށިވިއްކުން ޕްރަމޯޓްވާގޮތަށް ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އިސްތިހާރުކުރުން އާއްމުވެފައިވާއިރު، އަލަށް އެކުލަވާލި ގަވާއިދުގައި އެކަންކަންވެސް ވަނީ މަނާކޮށްފައެވެ.

އެގޮތުން ސްޕާގެ މައުލޫމާތާއި ހިދުމަތްތައް ވީޑިއޯ ނުވަތަ ފޮޓޯ ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް މިންގަނޑުތަކާ އިސްތިހާރު ކުރުން ގަވާއިދުގައި ވަނީ މުޅިން މަނާކޮށްފައެވެ. އަދި އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފަކުވެސް މިފަދަ ކަމެއް އަމިއްލަ ހައިސިއްޔަތުން ކުރުންވެސް ގަވާއިދުގައި މަނާކޮށްފައި ވެއެވެ.

ގަވާއިދާ ހިލާފަށް ސްޕާތައް ހިންގާނަމަ ނުވަތަ ސްޕާތަކުގައި ބަދުއަހުލާގީ އެއްވެސް އަމަލެއް ހިންގާކަން އެނގިއްޖެ ނަމަ އެތަނެއް ވަގުތުން ބަންދުކުރެވޭނެކަމަށްވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

މި ގަވާއިދަށް ނުފެތޭ ތަންތަން އިސްލާހުކުރަންޖެހޭ ކަންކަން ވަކި މުއްދަތެއްގެ ތެރޭގައި އިސްލާހުކުރުމަށް އެންގުމާއި ސްޕާގެ ވިޔަފާރި ހަރަކާތް ޖޫރިމަނާކުރުމާއި ރަޖިސްޓްރޭޝަން ބާތިލްކުރުމާއި ވިޔަފާރި ހަރަކާތް ހިންގާ ތަން ވަގުތުން ބަންދުކުރުމަށް އެންގުމުގެ ބާރުވެސް މިގަވާއިދުގެ ދަށުން އިކޮނޮމިކް މިނިސްޓްރީއަށް ލިބެއެވެ.

ސްޕާތަކުގައި މިންގަނޑުތަކާއި ހިލާފު އަމަލެއް ހިންގައިފިނަމަ  10،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އިސްލާހުކުރަން އަންގާ ކަންކަން އިސްލާހު ނުކުރުމާއި ތަކުރާރުކޮށް މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް ވެސް މިގަވާއިދުގެ ދަށުން ޖޫރިމަނާ ކުޖެވޭނެއެވެ.

70%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް