ads
ކޮންމެ ސެންޓަރެއްގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއި ޑްރައިޑް ސްޓޯ ފެސިލިޓީއެއްގެ އިތުރުން އޮފީހެއް ހުންނާނެ - ފޮޓޯ:އެގްރޯނެޓް
އެގްރޯނެޓުގެ ނުވަ ޑިސްޓްރިބިއުޝަން ސެންޓަރެއް ރޯދައަށް ހުޅުވަނީ
ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ގާއިމު ކުރާ ޑިސްޓްރިބިއުޝަން ސެންޓަރުތައް މި ފެށޭ މަހު ހުޅުވޭނެ ކަމަށް އެގްރޯނެޓުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ 15 ސަރަހައްދެއްގައި ޑިސްޓްރިބިއުޝަން ސެންޓަރުތައް ހުޅުވުން ކަމަށާއި ހުޅުވުމަށް ނިންމާފައިވާ ނުވަ ތަނުގެ މަސައްކަތް ހުރީ ނިމިފައި ކަމަށެވެ. އެއިން ކޮންމެ ތަނެއްގައި ތަކެތި ރައްކާކުރެވޭނެ ގޮތާއި ދޮވެ ސާފުކުރެވޭނެ ގޮތުގެ އިތުރުން މުވައްޒަފުން ތިބޭނެ ސަރަހައްދެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގްރޯނެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރުތައް ތަރައްގީ ކުުރުމުގެ މަޝްރޫއަކީ ދަނޑުވެރިން ހައްދާ ތަކެތި ތާޒާ ކަމާ އެކު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ކޮންމެ ސެންޓަރެއްގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއި ޑްރައިޑް ސްޓޯ ފެސިލިޓީއެއްގެ އިތުރުން އޮފީހެއް ހުންނާނެ ކަމަށް އެގްރޯނެޓުން ބުނެއެވެ. އެ ސެންޓަރުތައް ހިންގުމަށް ހަމަޖެހިފައިވަނީ އަވިން ހަކަތަ އުފައްދައިގެންނެވެ. އެ ކުންފުނިން ބުނެފައިވަނީ ކޯލްޑް ސްޓޯރޭޖްތަކުން އެ ސަރަހައްދެއްގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.

your imageއެގްރޯނެޓުން ދަނީ ދަނޑުވެރިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ތަކެތި އުފެއްދޭނެ މަގު ތަނަވަސްކޮށްދިނުމާ އެކު، އުފައްދާ އުފެއްދުންތައް ބާޒާރުގައި މާކެޓުވެސް ކޮށްދެމުން - ފޮޓޯ:އެގްރޯނެޓް

އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ސެންޓަރުތައް ގާއިމު ކުރާ ރަށްތަކުގެ ތެރޭގައި ނ. މަނަދޫ، ރ. ކިނޮޅަސް، ފ. މަގޫދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ގަން، ގއ. ނިލަންދޫ، ޏ. ފުވައްމުލައް އަދި ސ. ހުޅުމީދޫ ހިމެނެއެވެ.

އެގްރޯނެޓުން ވަނީ ދަނޑުވެރިންގެ އުފެއްދުންތައް އެއްތަނުން އަނެއްތަނަށް އުފުލުމަށްޓަކައި އެ ކުންފުނިން ބަނުމަށް ނިންމާފައިވާ ބޯޓުތަކުގެ ޑިޒައިން މިފަހުން ދައްކާލާފައެވެ.

އެގްރޯނެޓަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ބޭނުމުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކޯޕަރޭޝަނުން އަންނަނީ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަކެތި އުފެއްދޭނެ މަގު ތަނަވަސްކޮށްދިނުމާ އެކު، އުފައްދާ އުފެއްދުންތައް ބާޒާރުގައި މާކެޓުވެސް ކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް