ads
ފެމިލީ ކޯޓު ބޭރުގައި ޓެންޓު ޖަހާފައި
ރީތި ތާރީހު 23/02/23: މިއަދު ކޯޓުގައި ކައިވެނިތައް ގިނަ
ކޮންމެ އަހަރެއްގެ ރީތި ތާރިހުތަކުގައި ގިނަ ބަޔަކު ކައިވެނި ކުރެ އެވެ. މިއަހަރު އަންނާނެ އެންމެ ރީތި ތާރީހުތެރެއިން މިއަދަކީ ވެސް އޭގެ ދުވަހެެކެވެ.

މިއަދުގެ ތާރީހު 23/02/23 ގައި ފެމިލީ ކޯޓުގައި 38 ކައިވެނި ކުރަން ވަނީ ހަމަޖައްސާފަ އެވެ. ފެމިލީ ކޯޓުން ބުނިގޮތުގައި އެއީ ރަސްމީ ގަޑީގައި 19 ކައިވެންޏާއި، ނުރަސްމީ ގަޑީގައި 19 ކައިވެންޏެވެ. 

މިއަހަރު ދެން އަންނަ އެންމެ ރީތި ތާރީހަކީ 23/03/23 އެވެ. ކޮންމެ އަހަރެއްގެ ރީތި ތާރިހުތަކުގައި ގިނަ ބަޔަކު ކައިވެނި ކުރެ އެވެ. މިދިޔަ އަހަރުގެ ރީތި ތާރީހުތަކުގެ ތެރެއިން 22/12/22 ގައި ވެސް 58 ކައިވެނި ކޮށްފައިވާއިރު، ކައިވެނިކުރާ މީހުން ގިނަވެ ކޯޓު ބޭރުގައި ކައިވެނިތަކަށް ހާއްސަކޮށް ޓެންޓު ވެސް ޖެހިއެވެ. 

އަހަރުގެ ފަހުކޮޅު ކުރާ ކައިވެނިތައް އިތުރު ނަމަވެސް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހަމަ އެމަހު ވަރިއާއި ގުޅޭ 120 މައްސަލައެއް ވަނީ ނިންމާފަ އެވެ. 

މީގެ އިތުރުން މިދިޔަ ނޮވެމްބަރު މަހު ވެސް ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ފެމިލީ ކޯޓުން ކޮށްދިން ކައިވެންޏާއި ގާތް ކުރާ އަދަދަކަށް އެމަހު ވަނީ ވަރިވެސް ކޮށްފަ އެވެ.

އެގޮތުން، މިދިޔަ ނޮވެމްބަރުގައި ފެމިލީ ކޯޓުން 170 ކާއިވެނި ކޮށްދީފައިވާއިރު، ހަމަ އެމަހު 119 ވަރީގެ މައްސަލަ ނިންމާފައި ވެއެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް