ads
މަރުވެފައި އޮތްވާ ފެނުނު މީހާ
އޮޔާ ދަނިކޮށް ފެނުނުނީ ތެޔޮ ބޯޓުން ގެއްލުނު މީހާގެ ހަށިގަނޑެއް ނޫންކަން ކަށަވަރުކޮށްފި
ވ. އަތޮޅު ވެމްޕަރު ފަޅު ތެރެއިން އޮޔާ ދަނިކޮށް ފެނުނު މަރުވެފައިވާ މީހެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުންދިޔަ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަންގެ ހަށިގަނޑު ނޫންކަން ކަށަވަރުވެއްޖެ އެވެ.
Advertisement

ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އެ ހަށިގަނޑު ވަޅުލިނަމަވެސް ފުލުހުން ދަނީ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަމުން ނެވެ. 

ފުލުހުން ދެންމެ ހާމަކުރިގޮތުގައި ވ. އަތޮޅުން ފެނުނު އިންސާނާގެ ހަށިގަނޑަކީ ތެޔޮބޯޓުން ގެއްލުނު ލިޓަންގެ ހަށިގަނޑު ނޫންކަން ވަނީ ކަށާވަރުކުރެވިފަ އެވެ. 

"އެ ހަށިގަނޑަކީ އޮޔާ އެކު ރާއްޖެ އައިސްފައިވާ ހަށިގަނޑެއްތޯ ބެލުމަށް އިންޓަނޭޝަނަލް ޕާޓްނާސް އާއި ދަނީ ވާހަކަދެކެވެމުންް." ފުލުހުން ބުންޏެވެ.

ވ. އަތޮޅު ވެމްޕަރު ފަޅުތެރެއިން އޮޮޔާ ދަނިކޮށް އިންސާނެއްގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ފެނުނުއިރު އޮތީ މަރުވެ ގިނަ ދުވަސްވުމުގެ ސަބަބުން ހަށިގަނޑު ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.  ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމުން އެއީ ކާކުކަން ދެނެގަތުމަށް ސާމަޕްލް ނެގުމުގެ މަސައްކަތް ކުރުމަށްފަހު ހަށިގަނޑު ވަޅުލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. 

އެ ހަށިގަނޑު އޮޔާ ދަނިކޮށް ފެނިފައިވަނީ، މިިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ތެޔޮ ބޯޓެއްގައި ވިލިމާލެއިން ފުރި ދެމީހުން ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އެ ބޯޓު އޮޔާދަނިކޮށް ޑިސެމްބަރު 29 ވަނަ ދުވަހު ފެނިފައިވެ އެވެ. ނަމަވެސް އޭގައި ތިބި ދެމީހުން އޭރު ބޯޓަކު ނެތެ އެވެ. 

ބޯޓުން ގެއްލުނު ދެމީހުން ހޯދަމުންދަނިކޮށް މިދިޔަ މަހުގެ ދެވަނަ ދުވަހު ވ. އަތޮޅުން ކުނިވެފައިވާ ހަށިގަނޑެއް ފެނުނެވެ. އަދި ހޯދަމުންދިޔަ ދެމީހުންގެ ތެރެއިން އުމުރުން 45 އަހަރުގެ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް މާލޭގެ ގެސްޓް ހައުސް އަކުން ޖެހިގެން އައި ދުވަހު ފެނިފައި ވެއެވެ. 

އެކަމަކު އޭނާ އާއިއެކު އެ ބޯޓުގައި ފުރި ބިދޭސީ މީހާ އަދިވެސް ނުފެނެ އެވެ. ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާއަކީ:

  • ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ.

އެއްބަޔަކު ގަބޫލުކުރީ ވ. އަތޮޅުން އޮޔާ ދަނިކޮށް ފެނުނު ހަށިގަނޑަކީ އެ ބިދޭސީމީހާގެ ހަށިގަނޑަށް ވެދާނެ ކަމަށެވެ. ބޯޓުން އޭނާ އާއިއެކު ދަތުރުކުރި މުހައްމަދު ނިޒާމް މިހާރު ވަނީ މަރުގެ މައްސަލައެއްގައި ހައްޔަރުވެސް ކޮށްފަ އެވެ. އެކަމަކު އޭނާ އަށް ތުހުމަތުކުރާ މައްސަަލައިގެ ތަފްސީލެއް ފުުހުން ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް