ads
އެގްރޯނެޓުން ދަނީ ދަނޑުވެރިންނާ ގުޅިގެން ތަފާތު ބާވަތްތަކުގެ ތަރުކާރީ އާއި މޭވާ ހެއްދުމުގެ މަސައްކަތް ކުރަމުން - ފޮޓޯ:އެގްރޯނެޓް
އެގްރޯނެޓުން ތަފާތު އެކި ބާވަތްތަކުގެ މުޑުވަކުން އަޖުމަބަލަނީ
ރާއްޖޭގައި ހެއްދިދާނެ ތަފާތު އެކި ބާވަތްތަކުގެ ތަރުކާރީ އާއި މޭވާގެ މުޑުވަކުން އަޖުމަ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެގްރޯނެޓުން ބުނެފިއެވެ.

ރާއްޖޭގައި ހެއްދިދާނެ ތަފާތު އެކި ބާވަތްތަކުގެ ތަރުކާރީ އާއި މޭވާގެ މުޑުވަކުން އަޖުމަބެލުމަށްޓަކައި އެގްރޯނެޓުގެ ދަނޑުވެރިން ގެންދަނީ އެތަކެތި އިންދާ ހައްދަމުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން މި ފަހުން ވަނީ އާ ވައްތަރެއްގެ މުޑުވަކުގެ ބޭނުންކޮށްގެން ދަނޑުވެރިއަކު ކަރާގެ ވައްތަރެއް ހައްދާފައެވެ. އެގްރޯނެޓުން ބުނީ ގދ. ހޯނޑެއްދޫގެ ދަނޑުވެރިއަކު ފޮނިރަހަ ގަދަ މީރު ކަރާގެ ވައްތަރެއް ހައްދާފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ދަނީ ލ. ގާދޫގައި އާ ވައްތަރުތަކުގެ މުޑުވަކުގެ އަޖުމަ ބެލުމުގެ މަސައްކަތްތައް ކުރަމުންނެވެ. ގާދޫ އަކީ ދަނޑުވެރިކަން ކުރުމަށްޓަކައި އެ ކޯޕަރޭޝަނަށް ދީފައިވާ ރަށެކެވެ. އެރަށުގައި އަޖުމަ ބެލުމަށްފަހު އެގްރޯނެޓުން ދަނީ ދަނޑުވެެރިންނަށް މުޑުވައް ފޯރުކޮށްދެމުންނެވެ.

އެގްރޯނެޓަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ބޭނުމުގައި ސަރުކާރުން 2020 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކޯޕަރޭޝަނުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކާ އެކު އެއްބަސްވުންތައް އެކުލަވާލައި، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ކުރަމުންނެވެ.

ދަނޑުވެރިންނާ ގުޅިގެން ބަރަބޯ، ފަތްކެޔޮ، ބަށި، މެލަން، ފަޅޯ، ކަރާ، ބަޓަ ނަޓްސް، ޓޮމާޓޯ، ކިއުކަމްބާ، ޗިޗަންޑާ، ތޮރާ، މާމިއާ ތޮޅި، ބީންސް، ކެޕްސިކަމް، ލެޓިއުސް، ކެބެޖް އަދި ޗައިނީސް ކެބެޖް ހެއްދުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.

އެގްރޯނެޓުން އަންނަނީ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަކެތި އުފެއްދޭނެ މަގު ތަނަވަސްކޮށްދިނުމާ އެކު، އުފައްދާ އުފެއްދުންތައް ބާޒާރުގައި މާކެޓުވެސް ކޮށްދެމުންނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް