ads
މާފުށީ ޖަލު---
މިދިޔަ މަހު އެންމެ ގިނައީ ޑްރަގްގެ މައްސަލައިގައި ޖަލަށްލީ މީހުން
ނިމިދިޔަ ޖަނަވަރީ މަހު އެންމެ ގިނައީ ޑްރަގްގެ މައްސަލާގައި ޖަލަށްލީ މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ތަފާތު އެކި މައްސަލަތަކުގައި މިދިޔަ މަހު 52 މީހަކު ވަނީ ޖަލަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި 55.8 ޕަސެންޓު މައްސަލަތަކަކީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ވަނީ ހާމަކޮށްފައެވެ.

މިދިޔަ މަހު ޖަލަށް ގެންދިޔަ 52 މީހުންގެ ތެރެއިން 43 މީހަކަށް ހުކުމް އިއްވާފައިވާއިރު 19 މީހެއްގެ މައްސަލައިގެ ޝަރީއަތް މިހާރުވެސް ދަނީ ކުރިޔަށެވެ.

ކަރެކްޝަންގެ ހިސާބުތަކުން ދައްކާ ގޮތުގައި ދެވަނަ އަށް އެންމެ ގިނަ މީހުން ޖަލަށް ގެންގޮސްފައިވަނީ ފޭރުމުގެ މައްސަލަތަކުގައެވެ. އަދި ހަމައެއާއެކު ގޭގެއަށް ހުއްދަނެތި ވަނުމުގެ މައްސަލަތަކުގައި ވެސް ގިނަ ބަޔަކު މިދިޔަ މަހު ޖަލަށް ގެންގޮސްފައިވެއެވެ.

މިދިޔަ މަހު ވަނީ ޖަލުން 59 މީހަކު ދޫކޮށްލާފައެވެ. ގިނަ މީހުން ދޫކޮށްލާފައިވަނީ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ. އެގޮތުން 24 މީހުން އޭގެތެރޭގައި ހިމެނޭއިރު 16 މީހަކު ދޫކޮށްލާފައިވަނީ ޝަރުތުގެ މަތިން ކަމަށް ކަރެންޝަނުން ވަނީ ފާހަގަކޮށްފައެވެ.

ދާދި ފަހުން ވަނީ މާފުށި ޖަލަށް ގައިދީއަކު ވައްދަން އުޅުނު މަސްތުވާތަކެތި އަތުލާފައެވެ. އެ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނީ އޭނާގެ ފުރަގަސްފަރާތުގައި ފޮރުވައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް