ads
ނަވާޒުއްދީން އަދި އާލިއާ
ނަވާޒުއްދީން އަހަރެން ރޭޕުކޮށްފި: އާލިޔާ
ބޮލީވުޑްގެ މަޝްހޫރު އަދި ހުނަރުވެރި ތަރި ނަވާޒުއްދީން ސިއްދީގް، އޭނާ ރޭޕްކުރިކަމަށް އެނާގެ ދެވަނަ އަނބިމީހާ އާލިޔާ ބުނެފިއެވެ.

ނަވާޒުއްދީންއާއި ދެކޮޅަށް ރޭޕްކުރި މައްސަލަ ޖެއްސުމަށްފަހު އާލިއާ ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ. 

މިގޮތުން އާލިއާ ބުނެފައިވަނީ އޭނާ ރޭޕްކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ ކަމަށެވެ. 

"ނަވާޒުއްދީން މިހާރު އުޅުން މިހާރު ވަރަށް ތަފާތުވެއްޖެ. ނަވާޒުއްދީން އަހަރެން ރޭޕްކުރީ ރޭގަ. ވަރިވާން ވެސް ކޯޓަށް ވެސް މައްސަލަ ލާފައި އޮއްވާ،" އާލިއާ ބުންޏެވެ.

އާލިއާ ބުނީ އޭނާއާއި ނަވާޒުއްދީންގެ ދެވަނަ ދަރިފުޅު، ޔާނީއަށް ނަވާޒުއްދީން ވަރަށް އިހާނެތިކޮށް ހިތާކަމަށެވެ. 

ނަވާޒުއްދީންގެ އާއިލާއިން ތުހުމަތު ކުރާގޮތުން ޔާނީ އަކީ ނަވާޒުއްދީންގެ ދަރިއެއް ނޫނެވެ.

your imageއާލިއާ އާއި ނަވާޒުއްދީން ސިއްދީގީ (ކ) މައިދައިތަމައިދައިތަ މެހްރޫނިސާ (ވ)

މިމަހުގެ ކުރީކޮޅު އާލިޔާ ވަނީ ނަވާޒުއްދީންގެ އާއިލާއިން އާލިޔާ ރަހީނުކޮށްގެން 7 ދުވަސްވެންދެން އަނިޔާކުރާކަމަށް ބުނެ މައްސަލައެއް ވެސް ހުށަހަޅާފައެވެ. 

ނަވާޒުއްދީންގެ މަންމަ މެހުރޫނިސާ ވަނީ އާލިއާއި ދެކޮޅަށް ވެސް މައްސަލައެއް ޖައްސާފައެވެ. އެއީ ހުއްދަނެތި ތަނަކަށް ވަތް މައްސަލައެވެ. 

އާލިއާ އޭނާގެ މައިދައިތަ އާއި ދެމެދު ޖެހިފައިވާ މައްސަލައަކީ ނަވާޒުއްދީން ގަތް ބަންގުލޯއަށް އާލިއާ ވަންނަމައްސަލަކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ބަންގުލޯއަކީ ނަވާޒުއްދީން އެނާގެ މައްމައަށް ގަތް ބަނގުލޯއެއް ނަމަވެސް އާލިއާ އޭނާގެ ދެ ދަރިންނާއެކު ދިރިއުޅެނީ އެތަނުގައެވެ. 

ނަވާޒުއްދީން އާލިއާއަށް އެޕާޓުމަންޓެއް ގަނެދީފައިވީނަމަވެސް އެ އެޕާޓުމަންތުގައި އާލިއާ އުޅެން ބޭނުންނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.  

 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް