
މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި
ދިރުވާލައިގެން 127 ބުލެޓް ގެނައި މީހާ އަނެއްކާވެސް ބަންދަށް
އަހުމަދު ހަސަން
02 މާރޗް 2023 - 21:46:59
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ލެޓްވިއާ މީހާގެ ބަންދު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ލެޓްވިއާ މީހާގެ ހަށިގަނޑުން 1353 ގްރާމް މަސްތުވާތަކެތި ވަނީ ނަގާފައެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ހަމަވުމުން، މިއަދުވަނީ އަނެއްކާވެސް އިތުރު 15 ދުވަސް ބަންދު ޖަހާފައެވެ.
އެއާޕޯޓުން އަތުލައިގެން ލެޓްވިއާގެ މި މީހާއަކީ 49 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ނަމަކީ ލައިމޮނިސް ކަލްވަންސްއެވެ.
ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އިމިގްރޭޝަން އަދި ކަސްޓަމްސްގެ އެހީތެރިކަމާއިއެކު އެއަޕޯޓުން އެ މީހާ ހިފެހެއްޓީ މިދިޔަ މަހު ވީއައިއޭ އެއާޕޯޓުން ނެވެ.
ފުލުހުން ބުނިގޮތުގައި އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ 127 ބްލެޓު ފެނިފައިވެއެވެ. އެއީ 1353 ގްރާމުގެ މަސްތުވާތަކެއްޗެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް