ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ 'މަސައްކަތްތެރިންގެ ކޮންގްރެސް' ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
"އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު މި ފެށޭ ހަފުތާގައި މަޖިލީހަށް ހުށަހެޅޭނެ"
ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގުމުގެ ހައްގު ގާނޫނީ ގޮތުން ކަށަވަރުކޮށްދިނުމަށްޓަކައި 'އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް' މި ފެށޭ ހަފުތާގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ 'މަސައްކަތްތެރިންގެ ފުރަތަމަ ކޮންގްރެސް' ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް ޓްރޭޑް ޔޫނިއަންއަކީ މަސައްކަތްތެރިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ވަރަށް މުހިންމު ޖަމާއަތެއް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރާއި ޔޫނިއަންގެ އަމާޒު ހުރީ ދާދި އެއް މިސްރާބަކަށް ކަމަށާއި އެއީ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދީ އެމީހުންގެ ހާލަތު ރަނގަޅުކޮށްދިނުމަށް ކަމުގައެވެ.

މިދިޔަ ހަަތަރު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީ، ހާލަތު ރަނގަޅުކޮށްދިނުމަށް ސަރުކާރުގެ ފަރާތުން މުހިންމު މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިނިމަމް ވޭޖް ތައާރަފުކުރުމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސާވިސް ޗާޖުގެ ފައިދާ ހަމަހަމައަށް ލިބިދިނުމަށް ގާނޫނަށް ގެނައި ބަދަލު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ އެ ފިޔަވަޅުތަކުގެ ސަބަބުން ސިވިލް ސާވިސްގައި މަސައްކަތް ކުރަމުންދާ 15،000 މުވައްޒަފުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ 13،000 މުވައްޒަފުންގެ އާމްދަނީއަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

މަސައްކަތްތެރިންގެ އިޖުތިމާއީ އަދި ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ވައުދަކަށް ވާއިރު، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ބައްޓަންކުރެވޭ ނިޒާމެއްގެ ދަށުން އަން-އެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާއެވެ.

ރައީސް ވިދާޅުވި ގޮތުގައި މަސައްކަތު މާހައުލުގަ އާއި މުވައްޒަފުން ދިރިއުޅޭ ތަންތަނުގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި މުވައްޒަފުން ދިރިއުޅެން ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުގެ ގަވާއިދެއް ކަނޑައަޅާ މިހާރު ތަންފީޒުކުރަމުންދާ ކަމުގައެވެ. އެކަމަށް އިތުރު ގާނޫނީ ބާރު ހޯދައިދިނުމުގެ ގޮތުން އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައިވަނީ މި ބިލުގެ ސަބަބުން މުވައްޒަފުންގެ އިޖުތިމާއީ އަދި ސިއްހީ ރައްކާތެރިކަން އިތުރަށް ކަށަވަރުވުމާ އެކު، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ޒިންމާ ކަނޑައެޅިގެންދާނެ ކަމަށާއި މަސައްކަތްތެރިންގެ ސިއްހީ ދުޅަހެޔޮކަމާއި ސަލާމަތާ ގުޅޭގޮތުން ނިންމާ ނިންމުންތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސް ބުނުމުގެ ހައްގު މަސައްކަތްތެރިންނަށް ލިބިގެންދާނެ ކަަމަށެވެ. މި ބިލުގައި ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ހައްގު ބަޔާންކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައިވަނީ މި ބިލާ އެކު މަސައްކަތުގެ މާހައުލުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

your imageމޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ 'މަސައްކަތްތެރިންގެ ފުރަތަމަ ކޮންގްރެސް' ފެށުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ:ރައީސް އޮފީސް

މަސައްކަތްތެރިންގެ ހައްގުގައި ރާއްޖޭގައި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގޭނެ މަގެއް ހޯދައިދިނުމަކީ ކުރަން ޖެހޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލާ ނިމިފައިވާ ކަމަށާއި މި އަންނަ ހަފުތާގެ ތެރޭގައި އެ ބިލު މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

މި ބިލު ގާނޫނަކަށްވުމުން ޔޫނިއަންތައް އުފައްދާ ހިންގުމުގެ ހައްގު މަސައްކަތްތެރިންނަށް ގާނޫނީ ގޮތުން ކަށަވަރުވެގެންދާނެ ކަމަށާއި ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތަކުން ވަޒީފާ ބޭނުންވާ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކަށް ހައްލުތައް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅިގެން އިގުތިސޯދީ ކުރިއެރުންތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިވަމުންދާ ކަމުގައެވެ. ރާއްޖޭގެ ތަފާތު ސިނާއަތްތަކުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް ރާއްޖެއަކީ ހައްގުތައް ކަށަވަރުވެފައިވާ އަމާން މާހައުލަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް