ads
ހައްޔަރުކުރި މީހާ ވަނީ ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާވެސް ދީފަ
ތޫނު އެއްޗަކުން ހަމަލާދީ، ދަތް އަޅައި އިނގިލި ބުރިކޮށްލި މީހަކު ހައްޔަރުކޮށްފި
ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާދީ އެތަނުން އެކެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި މީހަކު ހައްޔަރު ކޮށްފި އެވެ.
Advertisement

މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ބިދޭސީ ފިރިިހެނެކެވެ. އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ. 

ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން އޭނާ އެ އަމަލު ހިންގިކަން ކަށަވަރުވާ މިންވަރަށް ކޯޓަށް ފުލުހުންގެ ފަރާތުން ހެކި ވަނީ ހުށަހަޅާފަ އެެވެ. އެގޮތުން އޭނާ ތޫނު ހަތިޔާރަކުން ދެ މީހަކަށް ދިން އަަނިޔާ އާއި، ދަތް އަޅައިގެން އިނގިލި ބުރިކޮށްލާފައިވާ ފޮޓޯތަކެއްވެސް ފުލުހުން ކޯޓަށް ހުށަހަޅާފައި ވެއެވެ.

ގއ. ވިލިނގިލީގައި ގެއަކަށް ވަދެ އެ ގޭގެ ހަތަރު އަންހެނެއްގެ ގައިގައި ދަތް އަޅައި އަނިޔާކޮށް، އެކަކުގެ އިނގިލި ބުރިކޮށްލި މައްސަލައެއް މިދިޔަ އަހަރުގެ މެއި މަސްތެރޭގައި ވެސް ފެންމަތިވި އެވެ. އެފަހަރު އެކަން ކުރީ ކައިވެނި ރޫޅިފައިވާ ގ. ޗެރީހައުސް، ކ. މާލެ، އަލީ ހަސަން ނަމަކަށް ކިޔާ މީހަކު އޭނާގެ ކުރީގެ އަނބިމީހާ ދިރިއުޅެމުންދިޔަ ގެއަށް ވަދެ އެވެ. 

މިކަން ހިނގީ އޭނާގެ ކުދިން ފަތިސް ނަމާދަށް ގެންދަން ކަމަށްބުނެ ދަންވަރު ތިނެއް ޖެހިއިރު އެކުދިން ބަލާ އެގެޔަށް ދިއުމުން، އެކުދިން ވަގަށް މާލެ ގެންދަން އަލީ ހަސަން މަސައްކަތް ކުރަނީކަމަށްބުނެ އެކުދިންގެ މަންމަ ފަރާތު އާއިލާއިން އެ ކުދިން ފޮނުވަން ދެކޮޅު ހެދުމުން ނެވެ. 

މިކަމާއި ގުޅިގެން އުފެދުނު ދެބަސްވުމުގެ ތެރޭ އަލީ ހަސަން ވަނީ އޭނާގެ ކުރީގެ އަނބިމީހާގެ ކޮއްކޮގެ އިނގިލީގައި ދަތް އަޅާ ބުރިކޮށްލާފަ އެވެ. އަދި އިތުރު ތިން މީހަކަށްވެސް އަލީ ހަސަން ވަނީ އެކިވަރުގެ އަނިޔާތައް ކޮށްފައެވެ. އެގޮތުން އިތުރު އަންހެނެއްގެ މުލަށްދަނޑީގައި އޭނާ ވަނީ ދަތް އަޅާފަ އެވެ. އަދި އުމުރުން 60 އަހަރުގެ އަންހެނެއްގެ އިނގިލި ބިނދިފައި ވާއިރު، 74 އަހަރުގެ ފިރިހެނެއްގެ އަނގަ މަތި އަލީ ހަސަން ވަނީ ފަޅާލާފައެވެ. 

ފުލުހުން އޭނާ ހައްޔަރު ކުރީ މާރާމާރީ ހިންގުމަށްފަހު މިސްކިތުގައި އިންދަ އެވެ.

17%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް