ads
އުރީދޫ ސްޓެމް ފެއާ 2023: ހަގީގީ ދުނިޔޭގެ މައްސަލަތަކަށް ދަރިވަރުންގެ އީޖާދީ ހައްލުތައް ވަނީ ދައްކާލާފައި - ފޮޓޯ:އުރީދޫ
ދުނިޔޭގެ މައްސަލަތަކަށް ދަރިވަރުންގެ އީޖާދީ ހައްލުތައް ދައްކާލައިފި
އުރީދޫ ސްޓެމް ފެއާ 2023 ގައި ބައިވެރިވި ސްކޫލްތަކުން ބޮޑު ކާމިޔާބީތަކާ އެކު ނިންމާލައިފިއެވެ.

އުރީދޫން ބުނީ އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ހަރަކާތުގެ ސަބަބުން ޒުވާން ވިސްނުންތެރިންނަށް އެމީހުންގެ ސްއިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް މާއްދާތަކުން އީޖާދީ ހައްލުތައް ދައްކާލައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެެވެ.

މިއަދު ބޭއްވުނު އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޖޫނިއަ، ސީނިއަ އަދި ނޮވިސް ކެޓަގަރީން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވުނު ފަރާތްތަކަށް ރިބަން ދީފައިވާ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި އޯވަރަލް ބެސްޓް ސްކޫލުގެ ގޮތުގައި އިސްކަންދަރު ސްކޫލަށް 50،000 ރުފިޔާ ލިބުނުއިރު، ކޮންމެ ކެޓަގަރީއަކުން އެއްވަނައަށް ދިޔަ ޕްރޮޖެކްޓް ހުށަހަޅާފައިވާ ސްކޫލަށް 10،000 ރުފިޔާ ދީފައިވާ ކަމުގައެވެ. މީގެ އިތުރުން ހުރިހާ ބައިވެރިންނަށް ވެސް ވަނީ ބައިވެރިވުމުގެ ސެޓްފިކެޓް ދީފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

your imageއުރީދޫ ސްޓެމް ފެއާ 2023: ހަގީގީ ދުނިޔޭގެ މައްސަލަތަކަށް ދަރިވަރުންގެ އީޖާދީ ހައްލުތައް ވަނީ ދައްކާލާފައި - ފޮޓޯ:އުރީދޫ

"އުރީދޫ ސްޓެމް ފެއާ އާއެކު ޒުވާން ދަރިވަރުން އެކުދިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސްޓެމް ފެއާގެ ސަބަބުން އަޅުގަނޑުމެންގެ މުސްތަގުބަލުގެ ލީޑަރުންގެ ގާބިލުކަން ފެނިގެން ގޮސްފި. އަދި މިގޮތުގައި މި ދާއިރާތަކުން ދަރިވަރުން ބިނާ ކުރެވިއްޖެ ނަމަ ރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް އެހެން ގައުމުތަކާ އެއްހަމައެއްގައި ކުރިއެރުމުގެ ފުރުސަތު ބޮޑުވެގެންދާނެ." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވިއެވެ. 

އުރީދޫ ސްޓެމް ފެއާގައި ދައްކާލި ހުނަރުތަކަށް ސާބަސް ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، "މި ހުނަރުވެރި ޒުވާން ވިސްނުންތަކުން ހުށަހަޅައިދީފައިވާ ޕްރޮޖެކްޓްތަކުން ދައްކުވައިދެނީ ސްޓެމްގެ ދާއިރާއިން މުސްތަގުބަލުގެ ލީޑަރުން. އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި ސްޓެމް ތައުލީމު ކުރިއަރުވައި، މިދާއިރާތަކުން އެކުދިންގެ ހުނަރާއި ޝައުގުވެރިކަން ކުރިއެރުވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަގީންކަން އަރުވަން."

your imageއުރީދޫ ސްޓެމް ފެއާ 2023: ހަގީގީ ދުނިޔޭގެ މައްސަލަތަކަށް ދަރިވަރުންގެ އީޖާދީ ހައްލުތައް ވަނީ ދައްކާލާފައި - ފޮޓޯ:އުރީދޫ

ނޮވިސް ކެޓަގަރީން (ގްރޭޑް ހަތަރަކުން ހަޔަކަށް) - އެއްވަނަ ހޯދާފައިވަނީ އިސްކަންދަރު ސްކޫލުގެ އިކޯ ފާމް ޕްރޮޖެކްޓެވެ. އަދި ދެވަނައަށް އިސްކަންދަރު ސްކޫލުގެ ވޭސްޓް ޓު އިލެކްޓްރިސިޓީ ޕްރޮޖެކްޓާއި މަޖީދިއްޔާ ސްކޫލުގެ ބައިސްކަލް އޮޕަރޭޓް ކުރާ ވެންޑިން މެޝިން ޕްރޮޖެކްޓާއި ގިޔާސުއްދީން ސްކޫލުގެ ސޯލާ ޑީހައިޑްރޭޓް ޕްރޮޖެކްޓް ހޮވުނުއިރު، ތިންވަނައަށް އިސްކަންދަރު ސްކޫލުގެ އެއާ ޕޮލިއުޝަން ޑިޓެކްޓާ ޕްރޮޖެކްޓް ވަނީ ހޮވިފައެވެ.

ޖޫނިއަ ކެޓަގަރީ (ގްރޭޑް ހަތަކުން އަށަކަށް) - އެއްވަނައަށް ގިޔާސުއްދީން ސްކޫލުގެ ވޭވް ބެރިއާ ޕްރޮޖެކްޓް ހޮވުނުއިރު، ދެވަނައަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލްގެ އޮއި ވާށި ޕްރޮޖެކްޓް އަދި ތިންވަނައަށް ކަލާފާނު ސްކޫލުގެ މޮޑަނައިޒްޑް ޒެބްރާ ކްރޮސިން ޕްރޮޖެކްޓާއި ގިޔާސުއްދީން ސްކޫލުގެ ވޭވް އެނާޖީ ބޯއީ ޕްރޮޖެކްޓް ވަނީ ހޮވިފައެވެ.

ސީނިއާ ކެޓަގަރީ (ގްރޭޑް ނުވަޔަކުން ދިހައަކަށް) - އެއްވަނަ އިސްކަންދަރު ސްކޫލުގެ އެކުއަޕޮނިކްސް ޕްރޮޖެކްޓަށް ލިބުނުއިރު، ދެވަނައަށް އިސްކަންދަރު ސްކޫލުގެ މަންފާ ޕްރޮޖެކްޓް އަދި ކަލާފާނު ސްކޫލުގެ އިލެކްޓްރިސިޓީ ބައި ފްލައިވީލް ޕްރޮޖެކްޓް ވަނީ ހޮވިފައެވެ. ތިންވަނައަށް ހޮވިފައިވަނީ މަޖީދިއްޔާ ސްކޫލުގެ ކޮކޮނަޓް ސައިންސް ޕްރޮޖެކްޓެވެ.

your imageއުރީދޫ ސްޓެމް ފެއާ 2023: ހަގީގީ ދުނިޔޭގެ މައްސަލަތަކަށް ދަރިވަރުންގެ އީޖާދީ ހައްލުތައް ވަނީ ދައްކާލާފައި - ފޮޓޯ:އުރީދޫ

ވިމެން އިން ޓެކްގެ ވައިސް ޕްރެޒިޑެންޓް މަރިޔަމް ޝިމާނަތު ވަނީ ބައިވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ. "އަޅުގަނޑުމެން ދެކޭގޮތުގައި ކޮންމެ ކުއްޖަކަށްވެސް ސްޓެމް ހަރަކާތްތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބެންޖެހޭނެ، އެއީ އަޅުގަނޑުމެންގެ މުސްތަގުބަލު ބައްޓަންކޮށްދޭ ކަމެއް. އުރީދޫ ސްޓެމް ފެއާއަކީ މިދާއިރާގެ ކުރިމަގަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ފެއާއެއްކަން ޔަގީން. ސްޓެމްގައި ބައިވެރިވުމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަ އަދި މުޖުތަމައުގެ މެދުގައި އެއްބާރުލުން ދިނުން މުހިންމު." ޝިމާނަތު ވިދާޅުވިއެވެ.

ސްޓެމް ދާއިރާތަކުން މާހިރުން ބިނާކުރުމަށް އަންނަން އޮތް ޖީލަށް ހިތްވަރު ދިނުމުގައި ކުރިއަށް އޮތްތަނުގައިވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން ދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް