ads
ފިނޭންސް މިނިސްޓަރު މަޖިލީހުގައި
ވެންޓިލޭޓަރު ގަންނަން 31 މިިލިއަން ދޫކުރި މައްސަލާގައި އަމީރު މަޖިލީހަށް ހާޒިރުކުރަނީ
ކޮވިޑް-19 އިގެ ތެރޭ ހިނގި ވެންޓިލޭޓަރު ހިޔާނާތު މައްސަލާގައި ފިނޭންސުން ފައިސާދޫކުރި ގޮތާއިމެދު ސުވާލު އުފައްދާ މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހާޒިރުކުރާން ނިންމައިފި އެވެ.
Advertisement

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު އަމީރު ހާޒިރުކުރަނީ، ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ކުރައްވާ ސުވާލަށް ޖަވާބު އެރުވުމަށެވެ. މިިނިސްޓަރު އަމީރާއި، އަފީފް ދެ ސުވާލެއް ކުރަން ވަނީ ހުށަހަޅާފައެވެ. 

އަފީފު، މިނިސްޓަރާއި ކުރައްވާ ސުވާލުތަކަކީ:

  1. ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެއަށް ބޭނުންވި ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް 31 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތަށް ޒިންމާވާންޖެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ދޫކުރެއްވީ ކީއްވެތޯ؟ 
  2. އެ ފައިސާ މިނިސްޓަރުގެ ހުއްދަނެތި ދޫކޮށްފައިވާ ކަމަށްވާނަމަ، އެކަން ކުރި މިނިސްޓްރީގެ މުވައްޒަފަށް އަޅާފައިވާ ފިޔަވަޅަކީ ކޮބައިތޯ؟

މި ސުވާލުތަކަށް ޖަވާބު އެރުވުމަށް މިނިސްޓަރު މާދަމާގެ މަޖިލީހަށް ހާޒިރުކުރަން މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ. ދުބާއީގެ އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. އޭގެ ތެރެއިން ފަސް ވެންޓިލޭޓަރު ފޮނުވިއިރު ބައެއް އާލާތްތައް މަދެވެ. ސަރުކާރަށް ލިބެން ޖެހޭ ބާކީ 60 ވެންޓިލޭޓަރު އަދި ވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލައި އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ.

އޭސީސީން މިމައްސަލާގައި ދައުވާކޮށްދޭން ޕީޖީގައި އެދިގެން އުޅޭތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފަ އެވެ. އެ މައްސަލައިގައި، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭހެން 12 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް 2020 ވަނަ އަހަރުގެ މެދުތެރޭ ހިސާބުގައި ޕީޖީ އޮފީހަށް އޭސީސީން ހުށަހެޅި ނަމަވެސް އެފަހަރު ޕީޖީން އެއްވެސް ފަރާތަކަށް ދައުވާއެއް ނުކުރި އެވެ. 

އެމައްސަލަ މުރާޖާކޮށް އަލުން ޕީޖީ އޮފީހަށް ހުށަހަޅަން އޭސީސީއަށް ފުރުސަތު ލިބުނީ ރައްޔިތުންގެ ޕްރެޝަރާއި ހެދި އެވެ. ނަމަވެސް އިސްލާހުކުރަންޖެހޭ ކަންކަން ހުރެގެން ކަމަށް ބުނެ، މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ޕީޖީން ވަނީ އޭސީސީއަށް އެ މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ. އަދި ތުހުމަތު ކުރެވޭ ގިނަ މީހުންގެ މައްޗަށް ދައުވާނުކޮށް އެ ހިޔާނާތުގެ މައްސަލަ އޮގަސްޓު މަސްތެރޭ އޭސީސީން ވަނީ ފައިލްކޮށްފަ އެވެ.

ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެޑްވާންސް ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރުތައް ސަޕްލައި ކޮށްނުދީ، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން އެއްބަސްވުމާއި ހިލާފުވި މައްސަލަ "މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް" މިހާރު ވަނީ ހުށަހަޅާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް