ads
ހަށިވިއްކުމުގެ ތުހުމަތުގައި މީގެ ކުރީން ހައްޔަރުކުރި މީހުންތަކެއް
ހަށިވިއްކުމުގެ ތުހުމަތުގައި ދިވެއްސަކު ހިމެނޭހެން 3 މީހަކު ހައްޔަރުކޮށްފި
ހަށިވިއްކުމުގެ ތުހުމަތުގައި ދިވެއްސަކު ހިމެނޭހެން ޏ.ފުވައްމުލަކުން 3 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން "ސީއެންއެމް" އަށް ބުނީ، އެ މީހުން ހައްޔަރުކޮށްފައިވަނީ، ފުވައްމުލަކުގައި ހިންގަމުންދާ ސްޕާއެއްގައި ހަށި ވިއްކަމުންދާކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަލާ ފާސްކުރުމުގެ ތެރެއިން އިއްޔެ ކަމަށެވެ.

އެމައުލޫމާތާއި ގުޅިގެން ފުވައްމުލަކު ސިޓީ ޕޮލިހާއި، ޕޮލިސް އިންޓެލިޖެންސް ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ބަލާ ފާސްކޮށްފައި ވެއެވެ.

މި އޮޕަރޭޝަންގަައި ހައްޔަރުކުރީ:

  • ތައިލެންޑަށް ނިސްބަތްވާ 43 އަހަރުގެ އަންހެނެއް 
  • ތައިލެންޑަށް ނިސްބަތްވާ 36 އަހަރުގެ އަންހެނެއް
  • 31 އަހަރުގެ ދިވެހި ފިރިހެެނެއް

ފުލުހުން ބުނީ، އެމައްސަލަ ދަނީ ފުވައްމުލަކު ސިޓީ ޕޮލިހާއި ހިއުމަންޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ. 

ހަށިވިއްކި ކަމުގެ ތުހުމަތުގައި ފުވައްމުލަކުން ބަޔަކު ހައްޔަރުކުރި އިރު، މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގައި ހަށިވިއްކަނިކޮށް ގެސްޓްހައުސްއަކުން ވެސް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެކަމުގައި ހިމެނޭ ދިވެހި ފިރިހެނާ މިހާރު ހުރީ ދޫކޮށްލާފަ އެވެ. 

މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެންމީހާ މީހާއާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވަނީ ޖިންސީގުޅުން ހިންގަމުން ދަނިކޮށެވެ.

43%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް