ads
ހަށިވިއްކާތަނެއް ބަލައިފާސްކޮށް، 2016 ވަނަ އަހަރު ހިންގި އޮޕަރޭޝަންގައި ދެ އަންހެނަކު ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ/ ސަން
ހަށިވިއްކި މައްސަލާގައި ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލާ، ބިދޭސީން ބަންދު!
މާލޭގައި ހަށިވިއްކި މައްސަލައެއްގައި ގެސްޓްހައުސްއަކުން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެންމީހާ ބަންދުން ދޫކޮށްލައި، ބިިިދޭސީންނަށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މާލޭގައި މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ރޯޅި ގެސްޓްހައުސް ބަލައި ފާސްކުރުމަށްފަހު އެވެ. 

މި މައްސަލާގައި ހައްޔަރުކުރީ:

  . 43 އަހަރުގެ ދިވެހި ފިރިހެނެއް

  • 43 އަހަރުގެ ބިދޭސީ ފިރިހެނެއް
  • 31 އަހަރުގެ ބިދޭސީ އަންހެނެއް
  • 36 އަހަރުގެ ބިދޭސީ އަންހެނެއް
މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެންމީހާ މީހާއާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވަނީ ޖިންސީގުޅުން ހިންގަމުން ދަނިކޮށެވެ. އެކަމަކު އެމީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުކޮށްފައި ދިވެހި ފިރިހެނާ ދޫކޮށްލާފަ އެވެ. އަދި ހަށިވިއްކި ބިދޭސީ ދެ އަންހެން މީހާގެ ބަންދަށް ވެސް ޖެހީ އެންމެ ދުވަހެކެވެ. 

މިމައްސަލާގައި އަމަލު ހިންގަނިކޮށް ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލާ އަންހެން ދެ މީހުންގެ ބަންދަށް 1 ދުވަސް ޖެހިއިރު މިމައްސަލާގައި ހައްޔަރުކުރި ބިދޭސީ ފިރިހެނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ. އެއް މައްސަލައެއްގައި ހައްޔަރުކުރި މި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓުން ނިންމި ނިންމުމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި ޖިންސީ ގުޅުން ހިންގަނިކޮށް ހައްޔަރުކުރި ފިރިހެންމީހާ ދޫކޮށްލި ގޮތެއްވެސް ސާފުކޮށެއް ނުދެ އެވެ. 

ހަށި ވިއްކުމާއި އިންސާނީ ވަގު ވިޔަފާރީގެ މައްސަލަތަކުގައި މިދިޔަ 2022 ވަނަ އަހަރު އެކަނިވެސް 32 މީހަކު ހައްޔަރުކޮށް 28 މީހަކު ޑީޕޯޓްކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް