ads
ނޭމާ
ނޭމާއަށް ސީޒަން ނިމިއްޖެ
ކުޑަ ހުޅަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހި، ޕީއެސްޖީގެ ބްރެޒީލިއަން ތަރި ނޭމާ ޖޫނިއާއަށް ސީޒަން ނިމިއްޖެއެވެ.

ނޭމާއަށް އަނިޔާވީ މިދިޔަ މަހު ފްރެންޗް ލީގުގައި ޕީއެސްޖީ ކުޅުނު މެޗެއްގެ ތެރެއިންނެވެ. މީގެ ކުރިންވެސް އެކި ފަހަރު އަނިޔާވެފައިވާ ކުޑަ ހުޅަށް މި ފަހަރު ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަނެއް ކުރަންވަނީ ޖެހިފައެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ނޭމާގެ ކުޑަހުޅުގެ އޮޕަރޭޝަން ކުރާނީ ގަތަރުގެ ވެރިރަށް ދޯހާގެ ހޮސްޕިޓަލެއްގައެވެ. އަދި އޮޕަރޭޝަނަށް ފަހު އަލުން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ނޭމާއަށް މަދުވެގެން ތިން މަހެއްހާ ދުވަސް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ނޭމާއަށް އަނިޔާވެ ސީޒަން ނިމުނުކަން މިހާރު ކަށަވަރުވެފައިވާއިރު، ޕީއެސްޖީއަށް ޗެމްޕިއަންސް ލީގުގެ މުހިއްމު މެޗެއް ކުރިމަތީގައި އެބައޮތެވެ. އެއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗެވެ.

އަނިޔާވެ ނޭމާއަށް ސީޒަން ނިމުނުކަން ކަށަވަރުވީއިރު، ޕީއެސްޖީ އޮތީ ފްރެންޗް ލީގުގެ އެއްވަނައިގެއެވެ. އެ ޓީމުންވަނީ 26 މެޗުން 63 ޕޮއިންޓް ހޯދާފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް