ads
ޕީޕީއެމް ޕީއެންސީ ބައެއް އިސްބޭފުޅުން: ފޮޓޯ ޕީޕީއެމް
ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓަށް ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާނެ ޕީޕީއެމް - ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް، އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޕީޕީއެމުން ބުނީ ގުރައިދޫ ދާއިރާގެ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ޓިކެޓަށް އެދި ހުށަހަޅާ މެމްބަރުންނަށް ބެލުމަށްފަހު ޕްރައިމަރީއެއް ބާއްވާނެކަމަށްވެސް އެޕާޓީން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ ފާއިތުވި ތިން ދައުރުގައިވެސް އެދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އިބްރާހިމް ރިޒާ މިދިޔަ މަހު 23 ގައި އަވަހާރަ ވުމުންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީއާއި އެމްއެންޕީން ވެސް މިހާރުދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެ ޕްރައިމަރީގައި ވާދަކުރުމަށް ހަތަރު މެމްބަރަކުވަނީ ހުށަހަޅާފައެވެ.

އެމްއެންޕީން މިހާރު ވަނީ ބައި އިލެކްޝަނުންގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުންނަށް އެކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައެވެ.  

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް