ads
މިނިސްޓަރު އިމްރާން މަޖިލީހުގެ މިއަދުގެ ޖަލްސާގައި: ފޮޓޯ މަޖިލިސް
މަސްތުވާތަކެތީގެ މައްސަލަތަކަށް ސަރުކާރުގެ ތެރެއިންވެސް ނުފޫޒު ފޯރުވާ: އިމްރާން
މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުގެ ތެރެއިން ވެސް ސިޔާސީ ނުފޫޒު ފޯރުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސުވާލުކުރުމުގެ ވަގުތުގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުގެ ތެރެއިން ވެސް ސިޔާސީ ނުފޫޒު ފޯރުވާއިރު އެކަމަށް ހުރަސްއަޅާ ވިޔަފާރިވެރިންވެސް އެބަތިބި ކަމަށެވެ.

ގޭންގް ކުށްތަކާއި ޑްރަގް ވިޔަފަރިއަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނެ ކަންކަން ނޫންކަމަށާއި ޑްރަގް ވިޔަފާރިއާއި ގޭންގް ކުށްތަކުގައި ޝާމިލްވާ އެއްވެސް މީހެއްގެ ކުރިމަތީގައި ސަރުކާރު ކުޑަކަކޫ ނުޖަހާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިފަދަ ކަންކަމުގައި ދައުލަތުގެ އެއްވެސް ބަޔަކު ބައިވެރިވުމަކީ ލިބޭނެ ނިކަމެތިކަމެއްކަމަށާއި މަސްތުވާތަކެއްޗާއި ގޭންތަކާއި ދެކޮޅަށްކުރާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިވެން ނުގަންނަވާނެ ކަމަށެވެ.

އެކަމުގައި ޝާމިލްވާ ފަރާތްތައް ފެއަށް ޖެހިވަޑައިގެންނެވުމަށް އެދިވަޑައިގެން އިމްރާން ވިދާޅުވީ އެއަޑު އައްސަވާނެކަމަށ އުއްމީދު ކުރައްވާ ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް