ads
ރައީސް ސޯލިހް، ސީޕީ އަދި މިނިސްޓްރު ފުލުހުންގެ އިވެންޓެއްގައި: ފޮޓޯ ޕޮލިސް
ގިނަ އަދަދެއްގެ ފުލުހުން ވަޒީފާއިން ވަކިކޮށްފި
އެކިއެކު ކުށްތަކުގައި ބައިވެރިވުމާއި، ގާނޫނާއި ގަވާއިދާއި ހިލާފު ކަންކަމުގައި ބައިވެރިވުމުގެ ސަބަބުން ގިނަ އަދަދެއްގެ ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތުގައި، ކުށްކުރާ ފުލުހުންނާއިމެދު ފިޔަވަޅު އެޅުމާއި ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެފަދަ ފުލުހުންނާއިމެދު ފިޔަވަޅު އަޅަމުން ގެންދާކަމަށެވެ.

އެގޮތުން ބައެއް ފުލުހުން ވަޒީފާއިން ވަކިކޮށް، ބައެއް ފުލުހުން ޑީމޯޓް ކުރުމުގެ އިތުރުން ބައެއް ފުލުހުން އެހެން ޔުނިޓްތަކަށް ބަދަލުކޮށްފައިވާކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމަނިކުފާނުގެ އަތުން ސޮއިކުރައްވާ އެތައް ފުލުހުންނެއް މިހާރުވެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ފިޔަވަޅު އެޅި ފުލުހުންގެ އަދަދެއް އިމްރާން ވިދާޅެއް ނުވެއެވެ.

"އަޅުގަނޑުގެ އަތުން ސޮއިކޮށް އެތައް ފުލުހުންނެއްވާނީ ކަނޑާލާފައި، އަދަދު އަޅުގަނޑު ހާމަކުރަންޖެހޭ ހިސާބަށް ދިޔާމަ ގެނެސްވެސް ފާނަން، އެތައް ފުލުހުންނެއް އަޅުގަނޑުވާނީ ސީދާ ފިޔަވަޅުއަޅާ ކަނޑާލާފަ، އަދި އޭގެތެރެއިން ބައެއް ފަރާތަތައް އިންވޯލްވާ މިންވަރާއިމެދުގައި ޝައްކު އުފެދުނީމަ ވާނީ، އެމީހުން ޑީމޯޓްކޮށްފައި، އަދި ބައެއް ފަރާތްތައްވާނީ އެފަދަ ކަމެއް ނުހިންގޭފަދަ ޔުނިޓްތަކަށް ބަދަލުކޮށްފަ" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ ތެރޭގައި ގާނޫނާއި ހިލާފުވާ އަދި ކުށްކުރާ މީހުން ތިބިތޯ ބެލުމަކީ އެންމެ ސީރިއަސްކޮށް އިސްކަންދެއްވާ އެއް ކަންތައްކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ފިޔަވަޅު ނާޅާ ދޫކޮށް ނުލާކަމަށެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް