ads
ނޭމާ ގަތަރުގައި
ނޭމާ ފައިގެ އޮޕަރޭޝަނަށް ގަތަރަށް
ކުޑަ ހުޅަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން އޮޕަރޭޝަން ކުރުމަށް، ޕީއެސްޖީގެ ބްރެޒީލިއަން ތަރި ނޭމާ ގަތަރަށް ގޮސްފިއެވެ.

ނޭމާއަށް އަނިޔާވީ މިދިޔަ މަހު ފްރެންޗް ލީގުގައި ޕީއެސްޖީ ކުޅުނު މެޗެއްގެ ތެރެއިންނެވެ. މީގެ ކުރިންވެސް އެކި ފަހަރު އަނިޔާވެފައިވާ ކުޑަހުޅަށް މި ފަހަރު ލިބުނު އަނިޔާއާ ގުޅިގެން ގަތަރުގެ ހޮސްޕިޓަލެއްގައި އޮޕަރޭޝަނެއް ކުރުމަށްވަނީ ނިންމާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނޭމާގެ ކުޑަހުޅުގެ އޮޕަރޭޝަން ކުރާނީ ގަތަރުގެ ވެރިރަށް ދޯހާގެ ހޮސްޕިޓަލެއްގައެވެ. އަދި އޮޕަރޭޝަނަށް ފަހު އަލުން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ނޭމާއަށް މަދުވެގެން ތިން މަހެއްހާ ދުވަސް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނޭމާއަށް އަނިޔާވެ ސީޒަން ނިމުނުކަން މިހާރު ކަށަވަރުވެފައިވާއިރު، ޕީއެސްޖީވަނީ ޗެމްޕިއަންސް ލީގުން މި ހަފްތާގައި ކަޓާފައެވެ. ޗެމްޕިއަންސް ލީގުން ކެޓީ ބަޔާން މިއުނިކް އަތުން ބަލިވެގެންނެވެ. ފުރަތަމަ ލެގު އެއް ލަނޑުން ގެއްލުނު އިރު ދެވަނަ ލެގުން ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ.

އަނިޔާވެ ނޭމާއަށް ސީޒަން ނިމުނުކަން ކަށަވަރުވީއިރު، ޕީއެސްޖީ އޮތީ ފްރެންޗް ލީގުގެ އެއްވަނައިގެއެވެ. އެ ޓީމުންވަނީ 26 މެޗުން 63 ޕޮއިންޓް ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް