ads
ރައީސް ސޯލިހް އަދި ޖަރުމަނުގެ ރައީސް
ޖަރުމަނުގެ ރައީސާއި ރައީސް ސޯލިހް ބައްދަލުކުރައްވައިފި
ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔަ މިއަދު ބައްދަލުކުރައްވައިފި އެވެ.

ތިން ގައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ރައީސް ސޯލިހް މިވަގުތު ހުންނެވީ ޖަރުމަނުވިލާތުގަ އެވެ.

ރައީސް ސޯލިހްއާއި ޖަރުމަނުގެ ރައީސްގެ މިއަދުގެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ރާއްޖެއާއި ޖަރުމަނުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ދެ ގައުމުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ސޯލިހް މިދިޔަ ހަފްތާގައިވަނީ ސާބިއާގެ ރައީސް އަލެކްސާންޑަރް ވޫޗިޗްއާ ވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުން އޮތީ މިމަހުގެ ހަ ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައެވެ.

މީގެ އިތުރުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ގުރޫޕުގެ ޗެއާ އަދި މަލާވީގެ ރައީސް ޑރ. ލަޒާރަސް ޗަކްވޭރާއާވެސް މިމަހުގެ ފަސް ވަނަ ދުވަހު ރައީސް ސޯލިހްވަނީ ދޯހާގައި ބައްދަލުކުރައްވާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް