ads
ނޭމާ ކާމިޔާބު އޮޕަރޭޝަނަށް ފަހު
ނޭމާގެ ކުޑަހުޅުގެ އޮޕަރޭޝަން ކާމިޔާބު
ކުޑަ ހުޅަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން ބްރެޒިލްގެ ތަރި ނޭމާގެ ކުރެވުނު އޮޕަރޭޝަން ކާމިޔާބުކަމަށް ނޭމާގެ އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ޓީމުން ހާމަކޮށްފިއެވެ.

ގަތަރުގެ ހޮސްޕިޓަލެއްގައި ނޭމާގެ އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ޓީމު ލީޑު ކުރީ އިގިރޭސި ތަޖުރިބާކާރު ޑޮކްޓަރެކެވެ. އޭނާވަނީ ކުރިންވެސް މަޝްހޫރު އެތައް އެތްލީޓުންނެއްގެ އޮޕަރޭޝަން ކޮށްފައެވެ.

ނޭމާގެ ކުޑަހުޅުގެ އޮޕަރޭޝަން ކާމިޔާބުކަން އިއުލާން ކުރިނަމަވެސް އޭގެ އިތުރު ތަފްސީލެއް މެޑީކަލް ޓީމުގެ ފަރާތުން ހާމަނުކުރެއެވެ. އަދި އޮޕަރޭޝަނަށް ފަހު ނޭމާ އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމެއް ނޫން ކަމެއްވެސް ހާމަ ނުކުރެއެވެ.

ނޭމާއަށް އަނިޔާވީ މިދިޔަ މަހު ފްރެންޗް ލީގުގައި ޕީއެސްޖީ ކުޅުނު މެޗެއްގެ ތެރެއިންނެވެ. އޮޕަރޭޝަނަށް ފަހު އަލުން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ނޭމާއަށް މަދުވެގެން ތިން މަހެއްހާ ދުވަސް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނޭމާއަށް އަނިޔާވެ ސީޒަން ނިމުނުކަން މިހާރު ކަށަވަރުވެފައިވާއިރު، ޕީއެސްޖީވަނީ ޗެމްޕިއަންސް ލީގުން މި ހަފްތާގައި ކަޓާފައެވެ. ޗެމްޕިއަންސް ލީގުން ކެޓީ ބަޔާން މިއުނިކް އަތުން ބަލިވެގެންނެވެ. ފުރަތަމަ ލެގު އެއް ލަނޑުން ގެއްލުނު އިރު ދެވަނަ ލެގުން ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ.

އަނިޔާވެ ނޭމާއަށް ސީޒަން ނިމުނުކަން ކަށަވަރުވީއިރު، ޕީއެސްޖީ އޮތީ ފްރެންޗް ލީގުގެ އެއްވަނައިގެއެވެ. އެ ޓީމުންވަނީ 26 މެޗުން 63 ޕޮއިންޓް ހޯދާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް