ads
ބެންޒެމާ އަދި ޑެޝޯމްޕްސް
ޑެޝޯމްޕްސް ހެދީ ހުސް ދޮގު: ބެންޒެމާ
އަނިޔާގެ ސަބަބުން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެވުނު ފްރާންސްގެ ބެންޒެމާ، ފިޓްވުމުންވެސް އަލުން ޓީމަށް ނުނަގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ހެދީ "ހުސް ދޮގު" ކަމަށް، ބެންޒެމާ ބުނެފިއެވެ.

ގަތަރުގައި މިދިޔަ އަހަރު ފަހުކޮޅު އޮތް ވޯލްޑްކަޕް މުބާރާތް ބެންޒެމާއަށް ގެއްލުނީ ފަހު ވަގުތުއެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަމަށް ފްރާންސުން އިއުލާން ކުރީ މުބާރާތް ފެށުމުގެ އެއް ދުވަސް ކުރިންނެވެ. އޭރު ޓީމާއެކު ބެންޒެމާ ހުރީވެސް ގަތަރުގައެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް މިދިޔަ އަހަރު ހޯދި ބެންޒެމާ، މުބާރާތް ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް އަނިޔާވި ނަމަވެސް މުބާރާތުގެ ސެމީ ފައިނަލާ ހިސާބުން އޭނާ އަލުން ފިޓްވިއެވެ. 

އެހެންނަމަވެސް އަލުން އޭނާއަށް ޓީމުން ފުރުސަތު ނުދީ ކޯޗު ޑެޝޯމްޕްސް އޭރު ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނަނީ ބެންޒެމާ ޓީމުގައި ހިމެނެން އެ ވަގުތު ބޭނުން ނުވީ ކަމަށެވެ.

އެ ވާހަކަތައް ދޮގުކޮށް، ބެންޒެމާ ބުނީ ކޯޗު ހެދީ ހުސް ދޮގު ކަމަށެވެ. ވޯލްޑްކަޕުގެ ފައިނަލުން ބްރެޒިލް ބަލިވިތާ އެއް ދުވަސްތެރޭ ބެންޒެމާވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. އަނެއްކޮޅުން، ފްރާންސް ފެޑެރޭޝަނުންވަނީ ވޯލްޑް ކަޕަށް ފަހު، ޑެޝޯމްޕްސްގެ ކޮންޓްރެކްޓް ކުރިއަށް އޮތް ވޯލްޑްކަޕާ ހިސާބަށް އިތުރުކޮށްފައެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް