
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023ގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވާ އިނގިރޭސި ކުރީގެ ކީޕަރު ޑޭވިޑް ޖޭމްސް ރާއްޖެ އައުމުން އޭނާއަށް މަރުހަބާކީ ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފުއެވެ.
އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅިވަރު ބާއްވާ ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވާ މަޝްހޫރު ކުޅިވަރު ތަރިންގެ ތެރެއިން މިއަދު ރާއްޖެއައި ޖޭމްސް ވަނީ ސްޕޯޓްސް އެވޯޑްސްއާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
ފުޓްބޯޅަ ޕަންޑިޓެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޖޭމްސް ބުނީ ރާއްޖެ އަށް އަންނަން ދައުވަތު ލިބިގެންދިޔައީ ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗުގައި ޕެރިހުގައި ހުއްޓައި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްއާ ބައްދަލުވުމުން ކަމަށެވެ.
ޖޭމްސްގެ އިތުރުން ސްޕޯޓްސް އެވޯޑްސްއަށް އިޓަލީއަށް ވޯލްޑްކަޕް ނަގައިދިން ކެޕްޓަން ފަބިއޯ ކަނަވަރޯ، ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ސްޕޯޓްސް އެވޯޑްގައި ބައިވެރިވުމަށް ރާއްޖެ އަންނަ ގޮތަށް ހަމަ ޖެހިފައެވެ.