ads
ކަރީނާ---
ކަރީނާ އިންސްޓަގުރާމު ބޭނުންކުރަން ފަށައިފި
ބޮލީވުޑު މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާނު އިންސްޓަގުރާމު ބޭނުން ކުރަން ފަށައިފިއެވެ.

އިއްޔެގެ ވަގުތެއްގައި ކަރީނާ އިންސްޓަގުރާމު ބޭނުން ކުރަން ފަށާފައިވާއިރު މިހާތަނަށް ތިން ޕޯސްޓު ވަނީ ކޮށްފަ އެވެ. އެގޮތުން އޭގެ ތެރޭގައި އޭނާގެ ފޮޓޯައެއް ވެސް ހިމެނެއެވެ.

މިހާތަނަށް އަށް ލައްކައަށްވުރެ ގިނަމީހުން އޭނާއަށް ފޮލޯކޮށްފައިވާއިރު އިންސްޓަގުރާމު ބޭނުންކުރަން ފެށުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.

ކަރީނާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު "ގުޑް ނިއުސް" އިންނެވެ. އެފިލްމަށް ބޮޑު ތަރުހީބެއް ލިބުނުއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ތަހުތު" އިންނެވެ.

ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ ކަރީނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ހީރޯއިން" އާއި "ޖަބް ވީ މެޓް" އާއި "3 އީޑިއަޓްސް" އާއި "ޑޯން" އަދި "ރާވަން" ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް