ads
ބަޔަކު މާސްކް އަޅައިގެން-- ފޮޓޯ: އަވަސް
ކައުންސިލްތަކުން ކޮވިޑް-19 އާ ގުޅިގެން އެންގުންތައް ނާންގަން އެލްޖީއޭއިން އަންގައިފި
ކޮރޯނާ ވައިރަހާއި ގުޅިގެން ރަށްރަށުގެ ރައްޔިތުން އަމަލުކުރަން ޖެހޭ ގޮތް ކަމަށް ބުނެ ކައުންސިލުތަކުން އެންގުންތައް އަންގަމުން އަންނަކަމުގެ ޝަކުވާތައް ލިބި އެގޮތަށް އެކަން ނުކުރުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީން ބުނެފި އެެވެ.

ލޯކަލް ގަވާމަންޓް އޮތޯރިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކުން އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ދިރިއުޅޭ ރައްޔިތުން ޢަމަލުކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކުގެ ލަފައާއި އިރުޝާދަކާ ނުލާ ހާއްސަ އެންގުންތައް އަންގަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. 

އެގޮތުން އެލްޖީއޭއިން އިތުރަށް ބުނީ، އެ ކައުންސިލެއްގެ އަމިއްލަ ނިންމުމަށް މިކަމުގައި އެއްވެސް އެންގުމެއް
ރައްޔިތުންނަށް މިދަނޑިވަޅުގައި އެންގުމަކީ އެންމެ ރައްކާތެރި ގޮތްކަމުގައި ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. 

އެގޮތުން މި ބައްޔާއި ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭންވާނީ ހަމައެކަނި ކަމާބެހޭ އިދާރާތައް ކަމުގައިވާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އާންމުކުރާ މައުލޫމާތުތައް ކަމަށް ބަޔާނުގައި ވެއެވެ. 

އެލްޖީއޭއިން މިފަދަ އެންގުމެއް ކައުންސިލުތަކަށް އަންގާފައިވާއިރު ރޭގެ ވަގުތެއްގައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ބަޔާނެއް ކަމަށް ބުނެ، "ފޭކް" ބަޔާނެއް ވެސް ދައުރުކޮށްފަ އެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް