ads
ފޮޓޯ:ޒަކާތް ދައްކަނީ
ޒަކާތުގެ ގޮތުގައި 1.3 މިލިޔަން ރުފިޔާ ލިބިއްޖެ
ފުރަތަމަ 10 ރޯދަ ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްްރީން ބުނެފިއެވެ.

ނަމަވެސް 10 ދުވަހުގެ ތެރޭގައި ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބުނު ގޮތުގެ ތަފްސީލެއް އެމިނިސްޓްރީން ހާމައެއް ނުކުރެއެވެ.

ބަދަލުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވަނީ ފާއިތުވި 4 އަހަރުގެ ތެރޭގައި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދު ތަކެވެ.

އެގޮތުން 1441 ވަނަ އަހަރު ފުރަތަމަ 10 ދުވަހު 1.5 މިލިޔަން ރުފިޔާ،  1442 ވަނަ އަހަރު 9 ލައްކަ ރުފިޔާ އަދި 1443 ވަނަ އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 1 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް