ads
ބުޅާ އިމާމްގެ ކޮނޑުމަތީގައި
ތަރާވީސް ކުރަމުން ދަނިކޮށް އިމާމްގެ ގަޔަށް ފުންމާލީ ބުޅަލެއް
އަލްޖީރިއާގެ މިސްކިތެއްގައި ތަރާވީސް ކުރަމުން ދަނިކޮށް އިމާމް މީހާގެ ގަޔަށް ބުޅަލެއް ފުންމާލި ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

އަލް ޖަޒީރާއިން މިއަދު ވީޑިއޯ އާއްމުކޮށް ބުނެފައިވަނީ ބުޅާ ފުންމާލިއިރު، ތަރާވީސް ނަމާދު ވަގުތުން ދައްކަމުން ގެންދިޔަ ކަމަށެވެ. މި ވީޑިއޯ ހަ ގަޑިއިރުތެރޭ ބައި މިލިއަނަށްވުރެ ގިނަ މީހުން ބަލާފައި ވެއެވެ.

ބުޅާ ފުންމާލުމުން ބުޅާ ދުރުކޮށްލުމުގެ ބަދަލުގައި އިމާމް މީހާވަނީ ބުޅަލުގައި ފިރުމާލައި ބުޅާ ގަޔާލައި ބައްދާލާފައެއެވެ. އަދި އިރުކޮޅަކުން ބުޅާ އިމާމް މީހާގެ ކޮނޑުމައްޗަށް އެރުމަށްފަހު ދެފަހަރަކު އިމާމް މީހާއަށް ބޮސް ދިނުމަށްފަހު ފާބައިގެން ދާމަންޒަރު ވީޑިއޯއިން ފެނެއެވެ.

ގަޔަށް ބުޅާ ފުންމާލި ނަމަވެސް އިމާމްވަނީ ނަމާދު ކުރިއަށް ގެންގޮސްފައެވެ.

94%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް