ads
ޕްރެޒިޑެންޓްސް ކަޕުގެ މިދިޔަ އަހަރުގެ ފައިނަލަށް ފަހު
އަންނަ ހަފްތާގައި ޕްރެޒިޑެންޓްސް ކަޕް ފަށަނީ
ހަ ކްލަބާއެކު ޕްރެޒިޑެންޓްސް ކަޕް އަންނަ އާދިއްތަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

އާދިއްތަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފަށާނީ، އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސް ކުޅޭ މެޗުންނެވެ. 

އީގަލްސްއާ ވެލެންސިޔާއާއެކު ޕްރެޒިޑެންޓްސް ކަޕުގައި ދެން ވާދަކުރާ އަނެއް ހަތަރު ކްލަބަކީ، ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، މާޒިޔާ، ޓީސީ އަދި މުޅިން އަލަށް އެއްވަނަ ޑިވިޝަނަށް ކޮލިފައިވި ބުރު ސްޕޯޓްސް ކްލަބެވެ. އެއްވަނަ ޑިވިޝަނުގެ ކްލަބުތަކުގެ ތެރެއިން ޔުނައިޓެޑު ވިކްޓްރީ އަދި ގްރީން ސްޓްރީޓްސް މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައި ނުކުޅެއެވެ.

މުބާރާތް ރާވާފައިވަނީ ހަ ކްލަބު ދެ ގްރޫޕަކަށް ބަހާލައި ކޮންމެ ގްރޫޕެއްގެ ރައުންޑް ރޮބިން ބުރެއް ކުޅެ އެންމެ މޮޅުވާ ދެ ޓީމު އަނެއް ގްރޫޕުގެ އެންމެ މޮޅު ދެ ޓީމާ ދެކޮޅަށް ކްރޮސް ސެމީއެއް ކުޅޭ ގޮތަށެވެ. ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލް ދެ މެޗު އޮންނަނީ މި މަހު 25 ވަނަ ދުވަހު ހަވީރާއި ރޭގަނޑު އެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 29 ވަނަ ދުވަހުގެރޭގަ އެވެ.

މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ކުޅެފައިވަނީ ރ. އަލިފުށީގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް