ވައިގެ ދަތުރުފަތުރާއި އަދި ފްލައިޓްތަކުގެ ހަބަރާއި މައުލޫމާތު އަދި ފޮޓޯތައް ހިއްސާކުރަމުން އަންނަ އޭވިއޭޓާސް މޯލްޑިވްސް އިން މއަދު ބުނެފައިވާގޮތުގައި މި ބޯޓު އަލުން ޑުބާއީ އަށް ގެންގޮސްފައިވަނީ ހާދިސާ ހިނގިތާ ހަފްތާއެއް ފަހުންނެވެ.
ބޯއިންގް 737 މެކްސް 9 މަރުކާގެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ފުރޮޅުފަޅައިގެންގޮސް، ޓަޔަރު އެއްކޮށް ގޭނިފައިވާ މަންޒަރުފެންނަ ފޮޓޯއެއް އެއްވެސް ވަނީ އާއްމުވެފައެވެ. އެހެންނަމަވެސް، ބޯޓުން ދަތުރުކުރި އެއްވެސް ޕަސިންޖަރަކަށް އަދި ކުރޫއަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިހާދިސާ ހިގުމާއެކު، ގާތްގަނޑަކަށް 4 ގަޑިއިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަންދުކުރަން ޖެހުނެވެ. އަދި އެވަގުތު ޖެއްސުމަށް އައި ފްލައިޓްތައް ޑައިވާޓްކުރެވުނުއިރު، ބައެއް ފްލައިޓްތައް އެއަޕޯޓަށް ތިރިނުކުރެވި މަތީގައި މަޑުކުރަންޖެހުނެވެ.