ads
ގެއިން ނެރުމުން އަންހެން މީހާ މަގުމަތީގައި: ފޮޓޯ މިހާރު
މަގުމަތިކޮށްލި އާއިލާއަށް ޖެންޑައިން އެހީވެއްޖެ
މާލޭގައި ކުޑަ ދެ ދަރިންނާއެކު އަންހެނަކު ގެއިން ނެރެ މަގުމަތި ކޮށްލާފައި ވަނިކޮށް އެއާއިލާއަށް ޖެންޑަ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދެ ދަރިންނާއެކު ކުރީގެ ފިރިމީހާގެ ގޭގައި ދިރިއުޅެމުން ދަނިކޮށް އަންހެންމީހާ ދިރިއުޅެމުން ދިޔަ ކޮޓަރީގެ ތަޅު ބަދަލުކޮށް ގެއިން ނެރެ މަގުމަތުކޮށްލާފައި ވާކަމަށް ބުނެ މިއަދު މީޑިއާގައި އެކަންސް ސަމާލުކަމަށް އައެވެ.

އެމައްސަލަ ފުލުހުންނަށާއި ޖެންޑަ މިނިސްޓްރީއަށްވެސް ހުށަހަޅާފައިވާކަމަށް ވަނީ ބުނެފައެވެ. އެ އާއިލާ ފަހުން ދިރިއުޅެމުން ދިޔައީ 500 ރުފިޔާއަށް ކުއްޔަށް ދޭ ދުވަހު ކޮޓަރިއެއްގައެވެ.

ކޮޓަރިއަށް ފައިސާ ދައްކަނީ އެތާންގައި އުނގުނެއް ބަހައްޓައިގެން ރޮށިފިހެގެން އާމްދަނީ ހޯދައިގެން ކަމަށް މައުލޫމާތު ލިބެއެވެ. ޖެންޑަ މިނިސްޓްރީން މިރޭ ބުނީ އެމީހުން މިހާރު ދިރިއުޅޭ ތަނަށް ގޮސް، އެމީހުންގެ ހާލު ބަލާފައިވާ ކަމަށެވެ.

"އަންހެނަކު އޭނާގެ ދެ ކުދިންނާއި އެކު އެމީހުން ދިރިއުޅެމުންދިޔަ ގެއިން ނެރުމާއި ގުޅޭ މައްސަލައެއްމިމިސްޓްރީއަށް ހުށަހެޅުމާއި ގުޅިގެން އެ ފަރާތް މިހާރު ދިރިއުޅެމުންދާ ތަނަށް ގޮސް ވަނީ މިފަރާތުގެ ހާލަތު ބަލާ އެފާރާތުން ބޭނުންވާ އެހީތެރިކަ ން ފޯރުކޮށްދީފައި" - ޖެންޑަ މިނިސްޓްރީ

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް ލިބިދޭ ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ހޯދަން މަގުފަހިކޮށްދީފައިވާނެ ކަމަށެވެ.

އެގޮތުން އެއާއިލާއަށް އެކި ފަހަރުމަތިން ގާނޫނީ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާކަމަށްވެސް ޖެންޑަ މިނިސްޓްރީން ބުނެއެވެ.

31%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
54%
ވަރަށް ސަލާމް
ކޮމެންޓްސް