ads
ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ ޔޫސުފް ސިރާޖް
މަގުމައްޗަށް ކުނިނެރެން ނާންގަން: ވެމްކޯ
ވެމްކޯގެ ހިދުމަތް ހޯދާ ފަރާތްތަކުން މަގުމައްޗަށް ކުނި ނެރެން އަންގާފައި ނުވާނެކަމަށް އެކުންފުނީގެ އެމްޑީ ޔޫސުފް ސިރާޖް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް ކުންފުނިތަކާ ބެހޭ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ސިރާޖު ވިދާޅުވީ ވެމްކޯއިން ކުނި ނަގަމުން ގެންދާނީ އެޕާޓްމަންޓްގެ ދޮރު މަތިން އަދި އިމާރާތުގެ އެންމެ ތިރީ ފުލޯއިން ކަމަށެވެ.

އަދި އެއްވެސް އިރެއްގައި މަގުމައްޗަށް ކުނި ނެރެން އަންގާފައި ނުވާނެކަމަށް ސިރާޖު ވިދާޅުވިއެވެ.

ވެމްކޯއިން މިހެން ބުނެފައި މިވަނީ މާލޭގެ މަގުތަކަށް ކުނިނެރޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އީޕީއޭ އިން އިއްޔެ އިއުލާނެއް ނެރެފައިވަނިކޮށެވެ.

މަގުތަކަށް ކުނި ނެރުމަށް އެއްވެސް ފަރާތަކަށް ނޭންގޭނެ ކަމަށާއި ކުނި އުކާލުމުގެ ހިދުމަތްދޭ ފަރާތްތަކުން އެގޮތަށް ކަންކުރުމަށް އެންގި ނަމަވެސް މަގުމައްޗަށް ކުނިކޮތަޅުތައް ނުނެރުމަށް އީޕީއޭ އިން އިއްޔެވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް