ads
ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް
ހޯމް އެންޑް އަވޭ ނުކުޅެވޭނެ، ބަޖެޓެއް ނެތް: މަހްލޫފު
ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގައި ފުޓްބޯޅަ މުބާރާތްތައް ނުކުޅެވޭނެ ކަމަށާއި އެކަމަށް ބަޖެޓެއް ނެތް ކަމަށް ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގައި ފުޓްބޯޅަ މުބާރާތްތައް ނުކުޅެވޭނެ ކަމަށާއި އެކަމަށް ބަޖެޓެއް ނެތް ކަމަށް ކުޅިވަރު ވަޒީރު މަހްލޫފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މަހްލޫފް މިފަދައިން ވިދާޅުވިއިރު ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ދިވެހި ޕްރެމިއާ ލީގު ފެށުމަށް އެފްއޭއެމުން އަންނަނީ ތައްޔާރުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވމުން މިނިސްޓަރު ވިދާޅުވީ ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ނުކުޅެވެނީ އެކަމަށް ހޭދަކުރަންޖެހޭ ފައިސާގެ އަދަދު ގިނަކަމުން ކަމަށެވެ.

ލާރި ނެތިއްޔާ ކިހިނެތްތޯ އެކަން ކުރާނީ. މިހާރު އޮތް ބަޖެޓަކުން މިކަމެއްނުވާނެ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ފުޓްބޯޅަ އަށް އެކަނި ބަޖެޓުން ހަރަދުކޮށްފައި އެހެން ކުޅިވަރުތައް ދޫކޮށްލަންޖެހޭ ކަމަށް- މަހްލޫފު

ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގައި ފުޓްބޯޅަ ނުކުޅެވޭނެ ކަމަށް މިނިސްޓަރު މަހްލޫފު ވިދާޅުވިއިރު، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން މިހާތަނަށް ވަނީ ގިނަ އަދަދެއްގެ ފުޓްބޯޅަ ދަނޑު އަޅައިފަ އެވެ. މި އަހަރުގެ ތެރޭގައި 50 ވަނަ ދަނޑު ހުޅުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. މިއީ މިހާތަނަށް ސަރުކާރަކުން އެންމެ ގިނަ އަދަދަކަށް ފުޓްބޯޅަ ދަނޑު ތަރައްގީކުރި މިންވަރުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް