ads
ބްރިޖް ޑެކްގެ މަސައްކަތް ކުރިއަށްދަނީ
ތިލަމާލެ ބްރިޖްގެ ޑެކްގެ މަސައްކަތް ފަށައިފި
ތިލަމާލެ ބްރިޖުގެ ޑެކްގެ ސެގްމަންޓް ޔުނިޓްސްތައް ޕްރީ ކާސްޓް ކުރުމުގެ މަސައްކަތް ގުޅިފަޅު ކާސްޓިން ޔާޑްގައި ވަނީ ފެށިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ވަނީ މިމައްސަކަތާއި ގުޅޭ ބައް ފޮޓޯތައްވެސް ހިއްސާކޮށްފައެވެ. ފޮޓޯތަކުން ފެންނަ ގޮތުން ބްރިޖުގެ ޑެކްގެ ސެގްމަންޓް ޔުނިޓްސްތައް ޕްރީ ކާސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު މިހާރުވެސް ބައެއް ބްލޮކްތައް ވަނީ އެއްކޮށް ނިމިފައެވެ.

އިންޑިއާގެ އެފްކޮންއާއި ހަވާލުކޮށްގެން ކުރިއަށްދާ މިމަޝްރޫއު ކަނޑައެޅިފައިވާ ތަވަލާއި އެއްގޮތަށް ނިންމާލެވޭނެކަމަށް ސަރުކާރުން މިއަދުވެސް ވަނީ ބުނެފައެވެ.

އެގޮތުން ބްރިޖްގެ މާލޭކޮޅުން ޑެކްގުޅާލުމަށް ބޭނުންވާ ތަނބުތަކުގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައިވާއިރު ކަނޑުގައި ޖަހާ ދެ ތަނބެއްގެ މަސައްކަތްވެސް ކުރަމުންދާއިރު ގުޅީފަޅުގައި ޖަހަންހެގޭ ތަނބުތައް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ތަނބުތަކުގެ މަސައްކަތް ނިމެމުން ދާވަރަކަށް، ޑެކްގެ ބައިތައްވެސް ގުޅާލަމުން ގެންދާނެކަމަށެވެ.

your imageބްރިޖް ޑެކްގެ މަސައްކަތް ކުރިއަށްދަނީ

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އެޅުމަށް އެފްކޮންސް އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ 26 އޯގަސްޓް 2021 ގައިއެވެ. 

މި ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ 100 މިލިއަން ޑޮލަރާއި، އެގައުމުގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އެކު ޖުމްލަ 500 މިލިއަންޑިލަރުގެ ޕްރޮޖެކްޓެވެ. އަންނަ ޑިސެމްބަރުމަހަށް ވިލިމާލެ އާއި ހަމައަށް ބްރިޖްގެ މަސައްކަތް ނިންމުމަށް ޕްލޭންކުރެވިފާއިރު، ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރަށްކަމަށް ޕްލޭނިންގް މިނިސްޓްރީ އިން ވަނީ ލަފާކޮށްފައިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް