ads
ގެއިން ނެރުމުން އަންހެން މީހާ މަގުމަތީގައި: ފޮޓޯ މިހާރު
މަގުމަތިކޮށްލި އާއިލާ ޖެންޑާގެ ބެލުމުގެދޮށަށް
މާލޭގައި ކުޑަ ދެ ދަރިންނާއެކު އަންހެނަކު ގެއިން ނެރެ މަގުމަތި ކޮށްލާފައި ވަނިކޮށް އެއާއިލާ މިއަދު ޖެންޑަ މިނިސްޓްރީގެ ބެލުމުގެދޮށަށް ގެންގޮސްފިއެވެ.

ދެ ދަރިންނާއެކު ކުރީގެ ފިރިމީހާގެ ގޭގައި ދިރިއުޅެމުން ދަނިކޮށް އަންހެންމީހާ ދިރިއުޅެމުން ދިޔަ ކޮޓަރީގެ ތަޅު ބަދަލުކޮށް ގެއިން ނެރެ މަގުމަތުކޮށްލާފައި ވާކަމަށް ބުނެ މިއަދު މީޑިއާގައި އެކަންސް ސަމާލުކަމަށް އައެވެ.

އެމައްސަލަ ފުލުހުންނަށާއި ޖެންޑަ މިނިސްޓްރީއަށްވެސް ހުށަހަޅާފައިވާކަމަށް ވަނީ ބުނެފައެވެ. އެ އާއިލާ ފަހުން ދިރިއުޅެމުން ދިޔައީ 500 ރުފިޔާއަށް ކުއްޔަށް ދޭ ދުވަހު ކޮޓަރިއެއްގައެވެ.

ކޮޓަރިއަށް ފައިސާ ދައްކަނީ އެތާންގައި އުނގުނެއް ބަހައްޓައިގެން ރޮށިފިހެގެން އާމްދަނީ ހޯދައިގެން ކަމަށް މައުލޫމާތު ލިބެއެވެ. 

ޖެންޑަ މިނިސްޓްރީން ކުރިން ބުނީ އެމީހުން ދިރިއުޅޭ ތަނަށް ގޮސް، އެމީހުންގެ ހާލު ބަލާފައިވާ ކަމަށެވެ. އެއާއިލާ ޖެންޑާގެ ބެލުމުގެދޮށަށް ގެންދިޔަ ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް