ads
ޖާދުއްﷲ އަދި އޭނާ ބޭނި މިޔަރު
ޖާދުއްﷲ ބޮޑު މިޔަރެއް ބާނައިފި
މަޝްހޫރު ފެޝަން ޑިޒައިނަރު، ކްރިއޯގްރާފަރު އަދި ފިލްމު އެސޯސިއޭޝަނުގެ ހަޒާންދާރު ޖާދުﷲ އިސްމާއިލް މިޔަރެއް ބާނާއިފިއެވެ.

ބޮޑު ފަސް ވަރަކަށް ފޫޓުގެ މި މިޔަރު ޖާފުﷲގެ ރޯލުގައި ގަނެފައިވަނީ ފިލްމު އެސޯސިއޭޝަނުން ހޮނިހިރު ދުވަހު އިންތިޒާމްކޮށްގެން ބޭއްވި މަސްދަތުރުތެ ތެރެއިންނެވެ. 

ކުއްލިއަކަށް ބޮޑު މަހެއް ގަތުމުން ދަމާ މަސް ތިލަކޮށްލިއިރު އެއީ ބޮޑު މިޔަރެކެވެ. ޖާދުﷲ އާއި ޓީމުގެ ބައިވެރިން ވަނީ މި މިޔަރު ދޯންޏަށް ވެސް ނުނަގާ ކަނޑާލުމަށްފަހު ދޫކޮށްލާފައެވެ. 

"ޖާދު ހަމަ ނަސީބު ގަދައީ. ބޮޑު މިޔަރެއް. ދެން ކުއްލިއެއް ޖަހާ ކަނޑާލާ،" ޖާދުގެ ރޯލުގައި ގަނެފައި އޮތް މިޔަރު ތިލަވުމުން މީހަކު ބުނާއަޑުއިވުނެވެ.

މިޔަރުގެ ހުރިހާ ބާވަތެއް ވަނީ ދިވެހިރާއްޖޭގައި ބޭނުން މަނާކޮށް ހިމާޔަތްކޮށްފައެވެ. 

މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހޮނިހިރު ދުވަހު ބޭއްވި މަސްދަތުރުގައި 24 ވަރަކަށް މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ފިލްމީ ތަރިންނާއި، ފިލްމީ ދާއިރާގައި އެކި މަސައްކަތް ކުރާ ފަންނާނުންގެ އިތުރުން ފިލްމު އެސޯސިއޭޝަނުގެ މެންބަރުން ހިމެނެއެވެ.

25%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް