ads
ކުޑަކުދިންނަށް އަނިޔާކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއް——
އަނިޔާގެ 98 މައްސަލަ ހުށަހަޅައިފި
މިދިޔަ މާޗް މަހު ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގުޅޭ 98 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މާޗް މަހު ޖުމްލަ 206 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން 98 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލަތައް ކަމަށެވެ.

މި 98 މައްސަލައިގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލަތައް ކަމަށާއި އިހުމާލުވެގެން 29 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށްވެސް ޖެންޑާ މިނިސްްރީން ބުނެއެވެ.

ޖިސްމާނީ ހާނިއްކައިގެ 28 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ ޖިންސީ ހާނިއްކައިގެ 13 މައްސަލަ އަދި ނަފްސާނީ ހާނިއްކައިގެ 9 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލައާއި ބްލެކްމެއި ކުރުމުގެ އެއް މައްސަލަ ހުށަހެޅުނުކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެއވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ ހިމެނޭއިރު މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތައްކަމަށްވެސް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް