މި މައްސަލަ ދިމާވަނީ ހެކަރުންގެ ބަޔަކު މިފަދަ ޕޯޓުތަކަށް ދީފައިވާ ހަމަލާތަކެއްގެ ސަބަބުންކަމަށް އެފްބީއައިއިން ނެރުނު ސަމާލުގައި ބުނެފައިވެއެވެ.
މިގޮތުން އެފްބީއައި އިން ވަނީ ޗާޖުކުރުމަށް އަމިއްލަ ޗާޖަރާއި، ވާގަނޑު އަދި ޕަވާޕެކް ފަދަ ތަކެތި ބޭނުންކުރުމަށް އެދިފައެވެ.
މިގޮތުން މިކަން ކުރަނީ ނުރައްކާތެރި މެލްވެއާ ވައިރަހެއް އެފަދަ ޗާޖިން ޕޯޓުތަކުން ފޮނުވާލައިގެންކަމަށް އެފްބީއައިއިން ބުނެފައިވެއެވެ.
"ޖޫސް ޖެކިން" އަކީ އެފްބީއައިއިން 2021 ވަނަ އަހަރުން ފެށިގެން މޮނީޓާ ކުރަމުން އަންނަ ހެކަރުންގެ އުކުޅެކެވެ.
އެފްބީއައިއިން މި މަހު މިފަދަ އިންޒާރެއް އަނެއްކާވެސް މި ނެރުނީ ހެކަރުންގެ އުނދަގޫ ބޮޑުވެގެންކަމަށް ބެލެވެއެވެ.