ads
ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ--- ފޮޓޯ: އީޕީއޭ
އީޕީއޭއަށް ރިސާޗް އުޅަނދެއް ހޯދަނީ
އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) އަށް ރީިސާޗް އުޅަނދެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި މިއަހަރުގެ ތެރޭގައި އެކަން ކުރެވިގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޝައުނާ ވިދާޅުވީ އީޕީއޭގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ނުވަ މިލިއަނުން 15 މިލިއަނަށް ބަޖެޓް ބޮޑުކޮށްދީފައިވާނެ ކަމަށެވެ.

މީގެއިތުރުން ވަސީލަތްތައް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި މިއަހަރުގެ ތެރޭގައި ރިސާޗް އުޅަނދެއް އީޕީއޭއަސް ހޯދުމަށް ހަމަޖެހިފައިވާއިރު، އުޅނަދަށް ބޭނުވާ ފަޅުވެރިން ތަމްރީން ކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން އީޕީއޭއަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދީފައިވާނޭކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

އީޕީއޭގެ މަސައްކަތްތަކަކީ ސައިންޓިފިކް ނުވަތަ ދިރާސާތަކުގެ މައްޗަށް ބިނާކުރާ މަސައްކަތްތަކަކަށް ހެދުމަށް ބޭނުންވާކަމަށާއި ރިސާޗް ވެސަލްއެއް އެއިދާރާއަށް ހޯދާދޭ އެންމެ ބޮޑު ބޭނުމަކީވެސް އެއީކަމަށް ޝައުނާ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް