ads
މާލޭން ޝައްކުވި މީހަކު ކަރަންޓީނުކޮށްފި
ޔުނިވާސަލްގެ ޓިކެޓިން އޮފީހުން އެކަކު ކޮރޯނާ ވައިރަހުގެ އަލާމަތްތައް ފެނުމާ ގުޅިގެން އޭނާ ފަރުކޮޅުފުއްޓަށް ގެން ގޮސް އޭނާ ކަރަންޓީނުކޮށްފި އެވެ.

މިއަދު ދަރުބާރޫގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ކޮވިޑް 19 ގެ މައުލޫމާތު ހިއްސާކުރާ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މަބްރޫކު އަޒީޒު ވިދާޅުވީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ޔުނިވާސަލް ޓިކެޓު އޮފީހަށް ދިޔަ ކަމަށެވެ. 

އެގޮތުން އެދިއުމުގެ ތެރޭގައި ޔުނިވާސަލް އޮފީހުން ސެލްފް އައިސޮލޭޝަނަށް ދާން އެއް ފަރާތަކަށް ރެކޮމެންޑު ކުރި ކަމަށާއި އެމީހާ ބަލީގެ އަލާމާތްތައް ފާހަގަކުރެވުމުގެ ސަބަބުން މިހާރު އައިސޮލޭޝަނަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ.

ޔުނިވާސަލް އޮފީހުގެ އިތުރުން މާލޭގައި ހުންނަ މާގިރި ހޮޓަލަށް ވެސް އެމީހާ ދިޔަ ކަމަށް މަބްރޫކު ވިދާޅުވި އެވެ. އެކަމާ ގުޅިގެން 15 ފަރާތެއް ހޯމް އައިސޮލޭޝަނެއްގައި ބަހައްޓާފައިވާ ކަމަށާއި ނަމަވެސް އަދި އެތަނުން އެއްވެސް މީހަކުގެ ގައިން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. 

ކޮރޯނާ ވައިރަހަށް ހަތަރު މީހަކު ޕޮސިޓިވް ވެފައިވާއިރު މިހާތަނަށް 63 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

7%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް