ads
ފޮޓޯ ދި އެޑިޝަން
މަސްދަރު ހާމަކުރާ ގޮތަށް އޮތުމަކީ މިނިވަންކަން ގެއްލިފައި އޮތް ހާލަތެއް: އެމްއެމްސީ
ނޫސްވެރިން މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހެތްކާބެހޭ ގާނޫނު ދެމި އޮތުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން ގެއްލިފައި އޮތް ހާލަތެއްކަމަށް ގަބޫލުކުރާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

އެކައުންސިލުން މިހެން ބުނީ ހެއްކާބެހޭ ގާނޫނޫގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް ހީނަރުކަން އަންނާނެ ކަމަށް ބުނެ މިއަދު ނެރުނު ނޫސް ބަޔާނުގައެވެ.

ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތްގޮތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ޝަރުއީ ކޯޓަކަށް އަމުރު ކުރެވޭނެއެވެ. 

އެ މާއްދާއަށް ބަދަލުތަކެއް ގެނެސް މަސްދަރު ހާމަކުރަން އެދެވޭނީ ހަމައެކަނި ޕްރޮސެކިއުޓާ ޖެނެރަލްއަށް ކަމަށާއި ޕީޖީއަށްވެސް މަސްދަރު ހޯދަން ފުރަތަމަ މަރުހަލާގައިވެސް ދެވޭނީ ހައިކޯޓަށް ކަމަށް ބަޔާންކޮށް ބިލަށް ބަދަލު ގެނެސް ޖުޑިޝަރީ ކޮމެޓީން މަޖިލީހަށް ބިލް ފޮނުވިއެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ވޯޓުން އެބިލު ފާސް ނުކޮށް އިއްޔެވަނީ ކޮމެޓީއަށް އަނބުރާ ފޮނުވާލާފައެވެ.

ބިލް އަނބުރާ ފޮނުވާލި މައްސަލާގައި ކަނބޮޑުވުން ފާޅުކޮށް އެމްއެމްސީން ބެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނުގައި މިހާރު އޮތް ގޮތުން ނޫސްވެރިކަމަށް ފުނުބެދޭވަރުގެ ގެއްލުން ވާނެކަމަށެވެ.

"މިހާރު ހެއްކާ ބެހޭ ބިލް އޮތީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބި މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅޭ ފަދަ ގޮތަކަށް" - އެމްއެމްސީ

އެމްއެމްސީން ބުނީ ގާނޫނު މިހާރު އޮތްގޮތަށް އޮތުމަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ އަށް ހީނަރުކަން އަންނާނެ ކަމެއްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް