ads
ބާޖް ފަރަށް އަރާފައިކަމަށް ބުނެ ރޭ ފެތުރުނު ފޮޓޮއެއް
ބާޖްގެ ނަގިލި ކަހާލީ، ފަރަށް ނާރާ: އެފްކޮންސް
ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ބާޖެއް ރޭ ދަންވަރު ނަގިލި ކަހާލިކަމަށާއި ނަމަވެސް ވިލިމާލެ ފަރަށް ނާރާކަމަށް ބްރިޖްހަދާ އިންޑިއާގެ އެފްކޮންސް އިން ބުނެފި އެވެ.

ރޭ ބާޖު ފަރަށް އެރިކަމަށް ބުނެ ފޮޓޯތަކެއް ދައުރު ވިއެވެ. ނަމަވެސް އެފްކޮންއާއި ހަވާލާދީ ހައުސިން މިނިސްޓްރީގެ ބްރިޖް ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ ބާޖް ނަގިލި ކަހާލި ނަމަވެސް ފަށް އަރާފައި ނުވާކަމަށެވެ.

މީގެއިތުރުން ބާޖް ރޭ ނަގިލި ކަހާލައިގެން ވިލިމާލެ ފަރުގައި އެއްވެސް ވަރަކަށް ޖެހުނުތޯ ޑައިވަރުންވެސް ބަލަފައިވާކަމަށާއި ނަމަވެސް ފަރަށް ބާޖް ނާރާކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ޖިނާން ވިދާޅުވިއެވެ.

ރޭ ބާޖު ފަރަށް އެރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުވިއިރު މިދިޔަ އަހަރު ބްރިޖް ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވަނީ ފަރަށް ވެފައެވެ. އެ މަސައްލާގައި އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވަނީ އެފްކޮންސް 60 މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.

އެފައިސާ ނުދައްކާ އެމައްސަލަ އެފްކޮންސްއިން ވަނީ އެންވަޔަރުމަންޓް މިނިސްޓަރަށް އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް މިނިސްޓަރު އާމިނަތު ޝައުނާ މިދިޔަ ފަހްތާގައި ވިދާޅުވީ އެފްކޮންގެ ޖޫރިމަނާ ކުޑަކުރަން އަދި މައާފްކުރަން ވެސް ނުވިސްނަވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް