ads
ޑރ މުނައްވަރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި
އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރެވޭނެތޯ ބަލަނީ
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ނިންމި ނިންމުން ދިވެހި ރައްޔިތުންގެ ފަރާތުން އިސްތިއުނާފް ކުރެވެނެތޯ ބަލަމުން ގެންދާކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މިމައްސަލާގައި މުނައްވަރު އިސްކޮށް ހުންނަވާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ އިޓްލޮސްއިން ދެކުނުގެ ކަނޑުގެ މައްސަލަ ނިންމީ ރާއްޖެއަށް ގެންލުންވަ ގޮތަށް ކަމަށެވެ. ނަމަވެސް އެމައްސަލަ ނިންމަފައިވަނީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ބޭނުންވާގޮތަށްކަމަށް މުނައްވަރު ވިދާޅުވިއެވެ.

އެހެންކަމުން މައްސަލަ އިސްތިއުނާފް ކުރުމަށް ނުވަތަ އެޕީލް ކުރުމަށް ލިބޭ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ސަރުކާރުން އެމައްސަލަ އިސްތިއުނާން ކުރާނެކަމަށް ނުބެލެވޭކަމަށާއި ނަމަވެސް ދިވެހި ރައްޔިތުންގެ ފަރާތުން އެމައްސަލަ އިސްތިއުނާފް ކުރެވޭނެ ފުރުސަތެއް އޮތްތޯ ބަލަމުން ގެންދާކަމަށް މުނައްވަރު ވިދާޅުވިއެވެ. 

އަދި ގާނޫނީ ގޮތުން އެމައްސަލަ އިސްތިއުނާފް ކުރެވޭނީ ދިވެހި ދައުލަތަށްކަމާށާއި ނަމަވެސް ދައުލަތުން މިމައްސަލާގައި އެޕީލް ނުކުރާނެކަމަށް ބެލެވޭތީ އެހެން ގޮތެއް އޮތްތޯ ބަލަމުން ގެންދަވާކަމަށް މުނައްވަރު ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި މުނައްވަރު ވިދާޅުވީ ޗާގޮސްއަކީ އެއްވެސް އިރެއްގައި ރާއްޖޭގެ ތަނެއް ނޫންކަމަށާއި އެކަމަށް އެއްވެސް ޒަމާނެއްގައި ރާއްޖެއިން ވަކާލާތު ކޮށްފައިވެސް ނެތް ކަމަށެވެ. ނަމަވެސް ރާއްޖެއިން އަބަދުވެސް ދެކުނުގެ ކަނޑުގެ 200 މޭލުގެ ސަރަހައްދަކަށް ކަލައިމް ކުރަމުން ގެންދިޔަކަމަށައި ރާއްޖޭގެ ސަރަހައްދު ކަނޑައަޅާފައިވާ ގާނޫނުގައިވެސް އެކަން އޮތީ އެހެންކަމަށް މުނައްވަރު ވިދާޅުވިއެވެ.

ޗާގޯސް މައްސަލާގައި ރާއްޖެއާއި ފުށުއަރާ ސަރަހައްދުގެ މައްސަލާގައި އިޓްލޮސް އިން މިދިޔަ ހުކުރު ދުވަހު ނިންމީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މި އުސޫލް އެޕްލައިކުރުމުގައި ހިޔާލު ތަފާތުވުން އުފެދުނީ ޗާގޯސްގެ ބްލެންހެމް ރީފުން ފެށިގެން މޮރިޝަސް އިން މިން އަޅަން ބުނާތީ އެވެ.

ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ އަދި މޮރިޝަސްގެ ދައުވާ ދޮގުކުރަން ރާއްޖޭއިން ވަނީ ސެޓެލައިޓް ފޮޓޯތަކާއި ސައިންޓިފިކް އެކި ހެކިތައް ޓްރެބިއުނަލަށް ހުށަހަޅައިފަ އެވެ. ރާއްޖެއިން ބުނީ އެފަރަކީ ހަމައެލަނި ހިކި ދިޔަވަތުގައި ފެންނަ ފަރެއްކަމަށާއި އެހެންކަމުން މޮރިޝަސްގެ ދައުވާ ދޮގުކަމަށެވެ.

ރާއްޖެއާއި މޮރީޝަސްގެ ކަނޑުން ފުށުއަރާ 95،563 އަކަކިލޯ މީޓަރުގެ ސަރަޙައްދު ރާއްޖެއިން ހުށަހެޅިގޮތަށް ނިންމުމާއިގުޅިގެން ރާއްޖެއަށް 47،232 އަކަކިލޯމީޓާރު ސަރަޙައްދެއް ލިބޭއިރު މޮރީޝަސްއަށް ލިބެނީ 45،331 އަކަކިލޯމީޓަރުގެ ސަރަޙައްދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް