ads
ޖިންސީ ގޯނާގެ އަމަލު ރަމްޒުކޮށްދޭ ފޮޓޯއެއް---
ގިނަ އަދަދެއްގެ ދަރިވަރުންނަށް ޖިންސީގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ދަރިވަރުންތަކަކަށް ޖިންސީގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މެދުރާއްޖެތެރޭ ރަށެއްގައި ކުޑަކުދިން ތަކަކަށް ޖިންސީގޯނާކުރި ކަމުގެ މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

އަދި މިމައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މިމަހުގެ ދެ ވަނަ ދުވަހު 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހާފައެވެ.

މިމައްސަލައަކީ ކުޑަކުދިންނާ ގުޅޭ މައްސަލައަކަށްވާތީ ގާނޫނު ތަންނުދޭތީ ހައްޔަރުކުރި މީހާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ މެދުރާއްޖެތެރޭ ރަށެއްގެ ޤުރުޢާން ޓީޗަރެކެވެ. އޭނާ ހައްޔަރުކުރީ ދަރިވަރުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް