ads
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ލަސްނުވެ ފެށޭނެ: ސަރުކާރު
އިންޑިއާގެ އެހީގައި ލ ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެކަމަށް ސަރުކާރުން ބުނެފިއެވެ

ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާނު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއިއެކު 4 ޑިސެމްބަރު 2019 ގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް އޮފީހުން ކުރިން ބުނީ ގަމު ކެންސަރު ހޮސްޕިޓަލު އެޅުމަށް 50 މިލިއަން ޑޮލަރު ނުވަތަ 771 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. 

5 ސެޕްޓެމްބަރު 2021 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ގަމު ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަށް މުމްބާއިގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މަންދޫބުންގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުން ގެންދާކަމަށެވެ. 

ހައިކޮމިޝަނުން އެދުވަހު ބުނީ އެޓީމުން ލ ގަމަށް ޒިޔާރަތްކޮށް، ކެންސަރު ހޮސްޕިޓަލް ހެދުމުގެ ޕްރިލިމިނަރީ ސާވޭ ހަދައި، ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ވެސް ބަލައިފައިވާކަމަށާއި ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ މީހުން ތަމްރީނުކުރަން ޕްރޮގްރާމެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން 250 ދިވެހި މުވައްޒަފުންނާއި ނަރުހުންނާއި ޑޮކްޓަރުން އަދި ޓެކްނީޝަނުން ތަމްރީނުކުރާނެ ކަމަށް ހައި ކޮމިޝަނުން އެދުވަހު ބުނެފައި ވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ލަސްނުވެ ފެށޭނެކަމަށެވެ.

"ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް އެބަދޭ، ޕޭޕަ ވޯކްގެ މަސައްކަތް ބޮޑަށް ކުރިއަށް ދަނީ، އެހެން ނަމަވެސް މާގިނަ ދުވަހެއް ނުވެ މަސައްކަތް ފެށިދާނެ، ހުއްޓުމެއް ނާދެ އިނގޭތޯ އެމަސައްކަތް ކުރިއަށް އެބަދޭ، އިންޑިއާ ސަރުކާރުގެ އެހީގެދަށުން ކުރިއަށްދާ އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާނެ" - މިއުވާން

މިއުވާން ވިދާޅުވީ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ ހޮސްޕިޓަލުގެ މަސައްކަތް ފެށިގެންދާނެކަމަށް މިއުވާން ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް