ads
ގިނަ ބައެއްގެ ލޯތައް މިފޮޓޯތަކަށް!
މަޝްހޫރު ޓީވީ އެކްޓްރެސް އަދި މޮޑެލް މާހި ވިޖް އަށާއި އޭނާގެ ފިރިމީހާ އެކްޓަރު ޖޭ ބަނޫޝަލީ އަދި އެދެމީހުން ދަރިފުޅުގެ ފޮޓޯތަކަށް ގިނަ ބައެއްގެ ލޯތައް ހުއްޓިއްޖެއެވެ.
މަޝްހޫރު ޓީވީ އެކްޓްރެސް އަދި މޮޑެލް މާހި ވިޖް އަށާއި އޭނާގެ ފިރިމީހާ އެކްޓަރު ޖޭ ބަނޫޝަލީ އަދި އެ ދެ މީހުން ދަރިފުޅުގެ ފޮޓޯތަކަށް ގިނަ ބައެއްގެ ލޯތައް ހުއްޓިއްޖެ އެވެ.

ޖޭ އާއި މާހީ އަށް ދަރިފުޅު ލިބިފައިވަނީ އޮގަސްޓު މަހު 21 ގައެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ޖޭގެ ދަރިފުޅުގެ ނަން ހާމަކޮށްފައިވާއިރު އެ ކުއްޖާއަށް ކިޔަނީ "ތާރާ ޖޭ ބަނޫޝަލީ" އެވެ.

ދާދި ފަހުން ސޯޝަލްމީޑިއާގައި އާންމުވި ފޮޓޯތަކަށް ގިނަ ބަޔަކު ލޯތައް ހުއްޓުނުއިރު ގިނަ ބަޔަކު ބުނަނީ އެފޮޓޯތައް ވަރަށް ފުރިހަމަ ކަމަށެވެ. އަދި އާއިލާ ވަރަށް ފުރިހަމަ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.


އުމުރުން 34 އަހަރުގެ ޖޭ އާއި 37 އަހަރުގެ މާހީ ކައިވެނިކޮށްފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ އެ ދެމީހުންގެ ފުރަތަމަ ދަރިފުޅެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެ ޖޯޑު ވަނީ މީގެ ކުރިން "ނަޗް ބަލިއޭ"ގައި ވެސް ބައިވެރިވެފަ އެވެ. އަދި ގިނަ ޓީވީ ޝޯތަކުގައި ވެސް ޖޭ އަދި މާހީ ވަނީ ފެނިގެން ގޮސްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް