ads
ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިންތަކެއް: ފައިލް ހޮޓޯ
ޕެންޝަން ސްކީމުން ހައްޖަށް ދާން އެއްބަސްވުން ހަދަނީ
ޕެންޝަން ސްކީމުގެ ދަށުން ހައްޖަށްދާ މީހުންގެ ފައިސާގެ ކަންކަން ހަމަޖެއްސުމަށްޓަކައި ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވާ އަމިއްލަ ކުންފުނިތަކުން ޕެންޝަން އޮފީހާ އެކު އެއްބަސްވުން ހެދުމަށް ހުޅުވާލައިފި އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ ތިން ކުންފުންޏަކަށެވެ. އެއީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ. 

މި ތިން ކުންފުނިންވެސް ހައްޖަށް މީހުން ގެންދިޔުމަށް ކަނޑައަޅާފައިވަނީ ދާދި އެއްހަމަ އަގެކެވެ. އަލްހަރަމައިން ގްރޫޕުން ކަނޑައަޅާފައިވާ އަގަކީ 75،250 ރުފިޔާ އެވެ. ސިސިލްފަރު ގްރޫޕުން ނަގާ އަގަކީ 75،465 ރުފިޔާ އަދި އަލްމަނާސިކް ގްރޫޕުން ނަގާނީ 75،000 ރުފިޔާ އެވެ. 

ޕެންޝަން އޮފީހުން ކުރި އިއުލާނެެއްގައި ބުނެފައި ވަނީ ޕެންޝަން ސްކީމްގެ ދަށުން ހަރަދުކޮށްގެން ހައްޖަށް ދާ ބޭނުންވާ މީހުންނަށް ފައިސާ ދޫކުރެވޭނީ ޕެންޝަން އޮފީހާއި އެކު އެއްބަސްވުން ހަދާ ކުންފުނިތަކަށް އެކަނި ކަމަށެވެ. 

އެއްބަސްވުން ހަދަން ބޭނުންވާ ކުންފުނިތަކުން މިމަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލްއަކުން ޕެންޝަން އޮފީހަށް އެންގުމަށް އެ އޮފީހުން ވަނީ އެދިފަ އެވެ. 

ރާއްޖެއަށް މިއަހަރު ލިބިފައިވަނީ ޖުމުލަ 1،000 ހައްޖު ކޯޓާ އެވެ. އޭގެ ތެރެއިން އަމިއްލަ ގްރޫޕްތަކަށް ދޭން ސަރުކާރުން ނިންމާފައިވަނީ ކޮންމެ ގްރޫޕަކަށް 90 ޖާގަ އެވެ. ބާކީ ހުރިހާ ޖާގައެއް ދޭނީ ހައްޖު ކޯޕަރޭޝަނަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް