ads
ޖިންސީ ގޯނާ އާއި ދެކޮޅަށް އޭޕްރިލް 24 ގައި ޒުވާނުން ބޭއްވި އެއްވުން -- ދުވަސް ފޮޓޯ: ޒިދާން މުހައްމަދު
ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި އަނެއްކާވެސް މީހަކު ބަންދުކޮށްފި
ޖިންސީ ގޯނާކުރުމާއި ބިރު ދެއްކުމުގެ ތުހުމަތުގައި ދިވެހި ޒުވާން ފިރިހެނަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާ ކުރުމާ، ބިރު ދެއްކުމާ އަދި މުދަލަށް ގެއްލުންދިނުމާއި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. މި ފިރިހެން މީހާ ބަންދުކޮށްގެން ކޯޓަށް ގެންދިޔުމުން 30 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. މި މީހާ 30 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. .

އަންގާރަ ދުވަހު ބަންދު ކުރި ދިވެހި ފިރިހެން މީހާ ނިސްބަވްތާ ދެކުނުގެ ރަށުގެ އެހެން މީހަކުވެސް ހަމަ މި ފަދަ މައްސަލައެއްގައި މިދިޔަ ހަފްތާގައިވަނީ ބަންދުކޮށްފައެވެ. އެމީހާވެސް 30 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި ދެ މީހުންވެސް މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ފުލުހުންވަނީ ހެއްކާ ގަރީނާ ހުށަހަޅާފައެވެ. މި ދެ ފިރިހެނުންވެސް ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށެވެ.

ޖިންސީ ގޯނާކުރުމާއި ބިރު ދެއްކުމުގެ ތުހުމަތުގައި ދިވެހި ޒުވާން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވީ ނަމަވެސް މި ހާދިސާތަކުގެ އިތުރު ތަފްސީލެއް ނުލިބެއެވެ .ހައްޔަރުކޮށްފައިވާ ދެ މީހުންނަކީވެސް އެއް މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް